ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-AP/1/2015/323
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 18 ނޮވެންބަރު 2015 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ސިންކްރޮނައިޒިންގ އެންޑް ޑިސްޓްރިބިއުޝަން ޕެނަލް ބޯޑެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ސިންކްރޮނައިޒިންގ އެންޑް ޑިސްޓްރިބިއުޝަން ޕެނަލް ބޯޑެއް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 25 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015