ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-AP/1/2015/325
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 18 ނޮވެންބަރު 2015 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގްރެފިކްސް މަސައްކަތް ކުރުމަށް 02 ހައި ޕާރފޯމަންސް ކޮމްޕިއުޓަރ ސިސްޓަމާއި 05 ކޮމްޕިއުޓަރ މޮނިޓަރ ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ހެލްތަށް ގްރެފިކްސް މަސައްކަތް ކުރުމަށް 02 ހައި ޕާރފޯމަންސް ކޮމްޕިއުޓަރ ސިސްޓަމާއި 05 ކޮމްޕިއުޓަރ މޮނިޓަރ ހޯދުމަށް ކުރެވުނު މިނިސްޓްރީގެ IUL 23-AP/1/2015/264 (17 ސެޕްޓެމްބަރ 2015) ނަންބަރު އިޢުލާނާ ގުޅިގެން 02 ހައި ޕާރފޯމަންސް ކޮމްޕިއުޓަރ ސިސްޓަމްއަށް ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ 02 ހައި ޕާރފޯމަންސް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 25 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015