ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-AP/1/2015/322
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 18 ނޮވެންބަރު 2015 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނެޝަނަލް ހެލްތު ލެބޯޓްރީގެ އިންކުއުބޭޓަރ ތަކުގެ ކަރަންޓް ބެކަޕްއަކަށް ބޭނުންކުރުމަށް 6KVA (6000VA/480W) ޔޫޕީއެސް އެއް ހޯދުމަށް

އިޢުލާން

ނެޝަނަލް ހެލްތު ލެބޯޓްރީގެ އިންކުއުބޭޓަރތަކުގެ ކަރަންޓް ބެކަޕަކަށް ބޭނުންކުރުމަށް 6KVA (6000VA/480W) ޔޫޕީއެސްއެއް ހޯދުމަށް ކޮށްފައިވާ މިމިނިސްޓްރީގެ ނަންބަރު IUL 23-AP/1/2015/256 (2015 ސެޕްޓެންބަރު 10)  އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް މިނިސްޓްރީއަށް ނެޝަނަލް ހެލްތު ލެބޯޓްރީގެ އިންކުއުބޭޓަރތަކުގެ ކަރަންޓް ބެކަޕްއަކަށް ބޭނުންކުރާ 6KVA (6000VA/480W) ޔޫޕީއެސް އެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 25 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015