ދިވެހިރާއްޖެ
ކޮނޑޭ ޕްރީސުކޫލަށް 2026 ވަނަ އަހަރަށް ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. މިގޮތުން ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތް ތިރީގައި އެވަނީއެވެ.
|
ގްރޭޑް |
2026 ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތް |
|
ބޭބީ ނާސަރީ |
2025 ޑިސެމްބަރު 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރުން |
|
ނާސަރީ |
2025 ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން |
- އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑްށް ބަދަލު ނުކުރެވޭނެއެވެ.
- 2026 ވަނަ އަހަރުން ފެށިގެން ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ، ފާއިތުވާ އަހަރުގެ 31 ޑިސެމްބަރަށެވެ. ނަމަވެސް ބެލެނިވެރިޔާ އެދިއްޖެނަމަ 2026 ވަނަ އަހަރުގެ މާރިޗް 31 ގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސރީއަށް ވަނުމުގެ ފުރުޞަތު ލިބޭނެވާހަކަ ދެންނެވީމެވެ.
ވީމާ، ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 25 ޑިސެމްބަރު 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ފޯމް ހުށައެޅުއްވުމަށް ދަނަނަވަމެވެ. ކޮނޑޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.