ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407-ESM/407/2025/62
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:50
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަނެތި ގަވައިދާއި ޚިލާފަށް ބިން ބޭނުންކުރުން

 އިޢުލާން

 

ހުއްދަނެތި ގަވައިދާއި ޚިލާފަށް ބިން ބޭނުންކުރުން:

ރަށުގެ ބައެއް ޞަރަޙައްދުތަކުގައިވާ ހުސްބިންތަކުގައި ގަވައިދާއި ޚިލާފަށް ބައެއް ފަރާތްތަކުން ވިޔަފާރި އުޞޫލުން އާމްދަނީ ހޯދުމުގެ މަސައްކަތް (މޭޒް ބަހައްޓައިގެން ވިޔަފާރިކުރުން، މުދާ ގުދަންކޮށް ބަހައްޓައިގެން ވިޔަފާރިކުރުން، ވެހިކަލް ގަރާޖުގެ ގޮތުގައި ބިން ބޭނުންކުރުން، ވަޑާންގެ ފަދަ ތަންތަން ހަދައިގެން ހިންގުން) އަދި އަމިއްލަ ބޭނުންތަކަށް ބިން ބޭނުން ކުރަމުން ގެންދާތީ ގަވައިދާއި ޚިލާފަށް މިފަދަ ޢަމަލު ހިންގާ ފަރާތްތަކުން އެ ބިންތަކުގެ ބޭނުންކުރަމުން ނުގެންދެވުމަށް އާއްމުކޮށް އަންގާ އިއުލާންކުރަމެވެ.

އަދި މިފަދަ ފަރާތްތަކުން މިދެންނެވި ބިންތަކުގައި ކުރަމުންގެންދާ ވިޔަފާރިއާއި އަމިއްލަ ބޭނުންތަކަށް ހުސްބިން ބޭނުންކުރުން 25 ޑިސެންބަރު 2025 ވަނަ ދުވަހުގެކުރިން ހުއްޓާލުމަށާއި، މި މުއްދަތުގެފަހުން ބިންތަކުގެ ބޭނުން ކުރަމުން ގެންދާނަމަ ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ބިންތައް ހުސްކުރުމުގެ މަސައްކަތް މިއިދާރާއިން ކުރަމުންގެންދާނެ ވާހަކަ ވެސް މިފުރުޞަތުގައި ދަންނަވަމެވެ.   

 

10 ޑިސެންބަރު 2025