ތަމްރީނު
ނަންބަރު: (IUL)459-HRM/1/2015/118
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:37
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް އާއި ކައުންސެލިންގގެ ކުރު މުއްދަތުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު

 

ސޯޝަލް ސަރވިސް އާއި ކައުންސެލިންގގެ ކުރު މުއްދަތުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު

ކޯހުގެ މަޢްލޫމާތު އަދި ޝަރުޠު

ހުޅުމާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދިނުމުގެ ދާއިރާއިން ކުރު މުއްދަތުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މީގެ ތެރޭގައި ހިމެނެނީ ސޯޝަލް ސަރވިސްއާއި ކައުންސެލިންގ ދާއިރާގެ ކޯސްތަކެވެ.

ޝަރުޠު:

އޯލެވެލް އަދި އޭލެވެލް ނަތީޖާ ލިބިފައިވާ ފަރާތްތަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ކޯހަށް ޝައުޤުވެރިކަން ފަރާތުގެ ސިޓީ
  2. އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ކޮޕީ
  3. ކޯހަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު) ކޮޕީ

ސުންގަޑި

2015 ނޮވެންބަރު 23 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އަށް ހުށަހެޅުން.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027549 އެވެ.

 

09 ނޮވެންބަރު 2015