ތަމްރީނު
ނަންބަރު: MNU-CA-RG/2015/505
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:28
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި،އިސްލާމް، ޤުރުއާން) އޮނަރސް

އިޢުލާން

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 15 ނޮވެމްބަރ 2015 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން) އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 40 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ގދ.ތިނަދޫ - ބްލޮކް މޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/ އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖްރިބާ ލިބިފައިވުން.

09 ނޮވެންބަރު 2015