މަސައްކަތް
ނަންބަރު: GS-82/2015/25
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 18 ނޮވެންބަރު 2015 00:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދެއްވުމަށް

މިމަދަރުސާގެ އިއުލާން ނަންބަރު 24/2015/GS-82 އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ބޭފުޅަކު ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. މިމަދަރުސާގައި ޕްރީސްކޫލް ދަރިވަރުން ބޭނުންކުރުމަށް ފާޚާނާއެއް ހެދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 18 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަމީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 11:00އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

12 ނޮވެންބަރު 2015