ދިވެހިރާއްޖެ
އިޢުލާން
މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓްގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެގޮތުން ވިޔަފާރީގެ އުސޫލުން މި ހޮސްޕިޓަލަށް މުދާ ދޫކުރާ ފަރާތްތައް ރަޖިސްޓަރީކުރުމަށް "ވެންޑަރ ރަޖިސްޓަރީ"އެއް ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ. ވީމާ، މި ހޮސްޕިޓަލާއެކު ވިޔަފާރީގެ މުޢާމަލާތް ކުރާ ހުރިހާ ފަރާތްތަކުން މިއަދުން ފެށިގެން 31 ޑިސެންބަރު 2015ގެ ނިޔަލަށް މިހޮސްޕިޓަލުގެ "ވެންޑަރ ޕޯޓަލް" މެދުވެރިކޮށް ރަޖިސްޓަރީ ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވުން އެދެމެވެ. 1 ޖަނަވަރީ 2016 ފެށިގެން މިހޮސްޕިޓަލުގެ ވެންޑަރ ރަޖިސްޓަރީގައި ނުހިމެނޭ ފަރާތްތަކަށް، މިހޮސްޕިޓަލުން ކުރެވޭ އެއްވެސް ވިޔަފާރި މުޢާމަލާތެއްގައި ބައިވެރިވުމުގެ ފުރުސަތު ނުދޭވެނެ ވާހަކަވެސް އަންގަމެވެ.
ވެންޑަރ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށްޓަކައި http://vendor.igmh.gov.mv (ވެބް އެޕްލިކޭޝަން) ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި އަންގަމެވެ. އަދި މި ލޮގިންް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވާނަމަ ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ 7797115 960 + / 3335297 ( ޒީނަތު ޢަލީ ޙަބީބު) އާ ގުޅުއްވުން އެދެމެވެ.
30 މުޙައްރަމް 1437