ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް، ކުޑަކުދިންގެ ޕާރކް ސަރަހައްދުން ފުޑް ކާޓް 1 އަދި ސަޕޯޓިންގ ލޭންޑް، މީލާދީ 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ކުއްޔަށް ދޫކުރެވޭ ބިމަށް ކުރިމަތިލެވޭނީ ރަށުގެ ރައްވެއްސެއް ހިމެނޭގޮތަށް ރަޖިސްޓަރީ ކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ފަރުދުންގެ ވިޔަފާރިތަކަށެވެ. ފުޑް ކާޓް 1 ހިމެނޭ ސަރަހައްދާއި އިންވެގެން އޮންނަ ބިމުން ގިނަވެގެން 1000 އަކަފޫޓު ސަޕޯޓިންގ ލޭންޑްގެ ގޮތުގައި ބިޑް ކާމިޔާބުކުރާ ފަރާތަކަށް އެފަރާތަކުން ބޭނުންވާނަމަ ކުއްޔަށް ދޫކުރެވޭނެއެވެ. އަދި މިގޮތަށް ދޫކުރެވޭ ބިމުން ކޮންމެ އަކަފޫޓަކަށް -/2 ކައުންސިލަށް ދައްކަންޖެހޭނެއެވެ.
ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފީއަކީ -/200 ރުފިޔާއެވެ. މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމު އަދި ރަޖިސްޓްރޭޝަން ފޯމް، މިއަދުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާއިން ލިބެން ހުންނާނެއެވެ. އަދި މަޢުލޫމާތު ޝީޓާއި ރަޖިސްޓްރޭޝަން ފޯމް އިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ.
ބިން ކުއްޔަށްހިފުމަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ބިޑް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ކައުންސިލްގެ ރަސްމީ އީމެއިލް[email protected] : އަށް މެއިލްކޮށްގެންވެސް ބިޑް ހުށަހެޅިދާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ނަންބަރު: 6680631 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.