ނީލަން
ނަންބަރު: BML/RECOVERIES/2015/5872
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 01 ޑިސެންބަރު 2015 13:30
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ހ. ޓްވައިން، މާލެ އެވެ ކިޔާ ގޯއްޗާއި އެގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތައް ވިއްކުމާބެހޭ

"ހ. ޓްވައިން"، މާލެ އެވެ ކިޔާ ގޯއްޗާއި އެގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތައް ވިއްކުމާބެހޭ

ގޯތީގެ ތަފުސީލު:

ބާވަތް:            ގޯތި

ނަން:             ހ. ޓްވައިން، މާލެ

ރަޖިސްޓްރީ ނަންބަރު:    ބ.10179

މުދަލުގެ ތަފްޞީލް:     386 އަކަ ފޫޓުގެ ބަންޑާރަ ގޯއްޗެއް

ވެރިފަރާތް:          އަލްފާޟިލާ ހިލާލާ ވަޙީދު، ހ. ޓްވައިން، މާލެ

ރަހުނު:            އަލްފާޟިލް ޢަލީ ޔޫސުފް، ހ. ޓްވައިން، މާލެ އަދި އަލްފާޟިލާ ހިލާލާ ވަޙީދު، ހ. ޓްވައިން، މާލެ އަށް ދޫކޮށްފައިވާ ލޯނަކަށް

ރަޙުނު ވިއްކާލުމުގެ ހުއްދަ: ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1101/Cv-C/2013 އިން

ނީލަމުގެ ތަފުސީލު:

މުއްދަތު ހަމަވާ ތާރީޚު:   01 ޑިސެންބަރު 2015 ގެ މެންދުރުފަހު 01:30 އަށް

ބިޑް ހުޅުވާނެ ތަން:     ބޭންކް އޮފް މޯލްޑިވްސް ޕލކގެ ސީޓްރެކްސް ބިލްޑިންގް 7 ވަނަ ފަންގިފިލާގައި ހުންނަ ރިކަވަރީސް ޑިޕާޓްމަންޓް

މުއްދަތު ހަމަވާ ތާރީޚާއި ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެ ތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.

ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މި ބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިޢުލާންކުރެވި، އަތޮޅުތެރޭ ބްރާންޗްތަކުގެ ނޯޓިސް ބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމައިލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުންނެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލުކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

އަގު ހުށަހެޅުން:

ހުށަހަޅަންޖެހޭ ގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހު 01:30 އާ ދެމެދު މި ބޭންކުގެ ސީޓްރެކްސް ބިލްޑިންގ 7 ވަނަ ފަންގިފިލާގައި ހުންނަ ރިކަވަރީސް ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ގޯތި "ހ. ޓްވައިން، މާލެ" ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

އަމިއްލަ ފަރުދެއްނަމަ:    

-  ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް

-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުންފުންޏެއްކަމަ:  

-  މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް

-  ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން

  • މީގެ އިތުރުން ނީލަމަށް ހުށަހާޅާ އަގު ދެއްކުމުގެ މާލީ ޤާބިލްކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެ ފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 06 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ފަސްވެގެން އަގު ހުށަހަޅާ ތާރީޚުގެ 07 (ހަތެއް) ދުވަސް ކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓް ވާންވާނީ ސީދާ އެފަރާތެއްގެ ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް އަދި އެބޭންކުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުމަކަށެވެ. ބިޑާއެކު ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައިނުވާނަމަ، ބިޑް ބާޠިލުކުރުމުގެ ޙައްޤު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާރޓްމަންޓާއި (ފޯނު ނަންބަރު: 3015395 / 3015385، އީމެއިލް:[email protected]) ގުޅުއްވުން އެދެމެވެ.

ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ ބޭފުޅަކަށް (އާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހައި ފަރުދުންނަށް އަދި ކުންފުނިތަކަށް މި ނީލަމުގައި ބައިވެރިވެވޭނެއެވެ.

ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ގޯތި ވިއްކާލުމަށް މީގެ ކުރިން 10 އޭޕްރިލް 2014 ގައި (ބޭންކުގެ ނަންބަރު: BML/RECOVERIES/2014/765) ގައި އިޢުލާނުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

09 ނޮވެންބަރު 2015

09 ނޮވެންބަރު 2015