ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257-ESM/257/2025/122
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި:
17 ޑިސެންބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން
މި ރަށު ވިންޑީރެސްޓް މުޙައްމަދު ހާޝިރުއަށް ދޫކޮށްފައިވާ، ނަމްބަރ 43 ޖަހާފައިވާ ބަންޑާރަ ގޯއްޗަށް އަރާ ހުރި، ވެރިއަކު ނޭނގޭ 01 ން 08 އަށް ނަމްބަރު ޖަހާފައިވާ 08 ރުކާއި ނަމްބަރ 09، 10 ޖަހާފައި ހުރި 02 ގަސް މިދިލި އެ ބިމުގައި އެބަހުއްޓެވެ. އެ ރުއްގަހުގެ ވެރިއަކު ވާނަމަ މިއަދުން ފެށިގެން 2025 ޑިސެމްބަރު 17 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ އެ މައުލޫމާތު ދެއްވުން އެދެމެވެ. މި ގޯތި އޮންނާނީ މި ރަށު މެޖިސްޓްރޭޓް ކޯޓްގެ ހޮޅަނގުން އޮންނަ މަގުގެ އިރުން މެޖިސްޓްރޭޓް ކޯޓާއި ކަޅުއޮށްފުންމިމަގާއި ދެމެދުއެވެ. މި ރުއްގަހުގައި ފެހިކުލައިގެ ސްޕްރޭއިން ނަމްބަރު ޖަހާފައި ހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
08 ޑިސެންބަރު 2025