ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2025/184
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 18 ޑިސެންބަރު 2025 13:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ޕަބްލިކް ރިލޭޝަންސް

                           (IUL)10-C/10/2025/184 ނަންބަރު                                                       

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ، ޕަބްލިކް ރިލޭޝަންސް

މަޤާމުގެ ނަންބަރު:

J-309906

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / ޕްރެސް އެންޑް ޕަބްލިކޭޝަން ސެކްޝަން / ކ.މާލެ

މުސާރަ:

މަހަކު 15،210.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 7،100.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 190.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެކްޝަނުން ސޯޝަލް މީޑިއާއަށް ތައްޔާރުކުރާ ޕޯސްޓްތަކުގެ އޯޑިއޯ އަދި ވީޑިއޯ އެޑިޓްކޮށް ގްރެފިކްސް މަސައްކަތްކުރުން.
  2. މިނިސްޓަރގެ ހުރިހާ ބައްދަލުވުންތަކާއި އިވެންޓްތައް އަދި މިނިސްޓރީން ބާއްވާ އަދި މިނިސްޓްރީން ބައިވެރިވާ އެކިއެކި ބައްދަލުވުންތަކުގެ ޚަބަރު ހަދަންޖެހޭ އިވެންޓް ތަކުގެ ހަބަރުހަދާ ވެބްސައިޓް،ޓުވިޓަރ އަދި ފޭސްބުކް އަށް ދުވަހުން ދުވަހަށް އަޕްލޯޑް ކުރުވުން.
  3. މިނިސްޓްރީއިން ދެވޭ އާއްމު ހިދުމަތްތަކާއި ކުރާމަސައްކަތާ ގުޅޭގޮތުން ބާއްވަން ޖެހޭ ނޫސް ކޮންފަރެންސްތައް ބޭއްވުމުގެ މަސައްކަތް ކުރުވުން.
  4. ކުއްލި ގޮތަކަށް ބާއްވަންޖެހޭ ނިއުސް ކޮންފަރެންސްތައް ބޭއްވުމުގެ މަސައްކަތް ކުރުވުން.
  5. މިނިސްޓްރީގެ ވެބްސައިޓް،ޓުވިޓަރ އަދި ފޭސްބުކް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  6. މިނިސްޓްރީގެ އެކި ސެކްޝަން އަދި ޔުނިޓްތަކުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތުހޯދާ ހަބަރު ތައްޔާރުކުރުމާއި ހަބަރު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އަދި ޚަބަރު ވެބްސައިޓް،ޓުވިޓަރ އަދި ފޭސްބުކް އަށް އަޕްލޯޑް ކުރުވުން.
  7. މިނިސްޓަރގެ ހުރިހާ ބައްދަލުވުންތަކާއި އިވެންޓްތައް އަދި މިނިސްޓްރީން ބާއްވާ އަދި މިނިސްޓްރީން ބައިވެރިވާ އެކިއެކި ބައްދަލުވުންތަކުގެ ފޮޓޯނަގާ އާކައިވްކުރުވުން.
  8. ސެކްޝަނުގެ ބަޖެޓްއާއި އެކްޝަން ޕްލޭން އަދި ކުއާޓަރ ތަކުގެ ޕްރޮގްރެސް އެކަމަށް ކަނޑައެޅިފައިވާ ވަގުތައް ތައްޔާރުކުރުވުމުގެ އެންމެހައި މަސައްކަތްކުރުން.
  9. މިނިސްޓރީގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން
  10. މިނިސްޓްރީން ނެރެންޖެހޭ ނޫސް ބަޔާންތައް ތައްޔާރުކޮށް އާއްމުކުރުވުން.
  11. މިނިސްޓްރީގެ ދަށުން ހިންގާ ކަންކަމާއި ، ދާއިރާއާއި ގުޅޭގޮތުން އުފުލޭ ޝަކުވާތަކާއި ގުޅިގެން ޢާއްމުންނަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްކުރުވުން.
  12. މިނިސްޓްރީން ފާހަގަކުރާ އެކި ރަސްމިއްޔާތުތަކާއި ގުޅިގެން މިނސްޓަރ ދެއްވާ ޚިތާބު ގެ އޯޑިއޯ/ ޕްރިންޓްކޮޕީ އާކާއިވްކުރުވުން.
  13. މީޑިޔާގެ ޒަރީޢާއިން ފޯރުކޮށްދޭ މުހިންމު މަޢުލޫމާތުތަކާއި އޯޑިޔޯ، ފޮޓޯ، ވީޑިޔޯ އަދި ޕްރެސް ކަޓިންގ އާކައިވްކުރުވުން.
  14. މިނިސްޓްރީން ހިންގޭ މުހިއްމު ޕްރޮގްރާމްތަކާ ގުޅިގެން ނެރެންޖެހޭ ފޮތްތައް އެކުލަވާލާ ޕަބްލިޝްކުރުވުން.
  15. ސެކްޝަނުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް ފޯމް ސިވިލް ސަރވިސް ގަވާއިދާ އެއްގޮތަށް ފުރުން.
  16. މީގެ އިތުރުންވެސް މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން. ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ޕަބްލިކް ރިލޭޝަންސް
  2. މީޑިއާ ސްޓަޑީޒް
  3. މީޑީއާ ޑިޒައިން
  4. މީޑިއާ ކޮމިއުނިކޭޝަން
  5. މީޑިއާ އެންޑް އާޓްސް ޓެކްނޯލޮޖީ
  6. ޑިޖިޓަލް މީޑިއާ ޑިޒައިން
  7. ކޮމިއުނިކޭޝަންސް
  8. ޕޮލިޓިކަލް ކޮމިއުނިކޭޝަންސް
  9. ކޮމިއުނިކޭޝަން ޑިޒައިން
  10. ޑިޖިޓަލް އެންޑް ވިޝުއަލް ކޮމިއުނިކޭޝަން
  11. ވިޝުއަލް ކޮމިއުނިކޭޝަން
  12. އޯޑިއޯ ވިޝުއަލް ކޮމިއުނިކޭޝަން
  13. ޖަރނަލިޒަމް
  14. މަލްޓި މީޑިއާ ޖާނަލިޒަމް
  15. ޖަރނަލިޒަމް އެންޑް ކޮމިއުނިކޭޝަން
  16. ޑިޖިޓަލް ޖަރނަލިޒަމް
  17. ޖަރނަލިޒަމް އެންޑް ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްސް
  18. މަލްޓިމީޑިއާ ޑިޒައިން
  19. މަލްޓިމީޑިއާ ޓެކްނޯލޮޖީ
  20. މަލްޓިމީޑިއާ ޕަބްލިކް ރިލޭޝަންސް
  21. ޑިޒައިން
  22. ޑިޖިޓަލް ޑިޒައިން
  23. ވިޝުއަލް ޑިޒައިން
  24. އެނިމޭޝަން ޑިޒައިން
  25. ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން
  26. އިންޓަރެކްޝަން އެންޑް އެކްސްޕީރިއަންސް ޑިޒައިން
  27. ޑިޒައިން އެންޑް އެޑްވަރޓައިޒިން
  28. އިލަސްޓްރޭޝަން
  29. ވިޝުއަލް އާޓްސް
  30. ވިޝުއަލް އިފެކްޓްސް
  31. ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން
  32. އެނިމޭޝަން
  33. ޑިޖިޓަލް މާކެޓިންގ

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ޕަބްލިކް ރިލޭޝަންސް
  2. ކޮމިއުނިކޭޝަންސް
  3. ނޫސްވެރިކަން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޑިސެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އޮންނާނީ، 2025 ޑިސެންބަރު 28 އާއި 2026 ޖަނަވަރީ 08 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

                            17 ޖުމާދަލްއާޚިރާ 1447

08 ޑިސެންބަރު 2025