ދިވެހިރާއްޖެ
އިޢުލާން
ރަށުގެ އިރު އުތުރު ސަރަހައްދުން ދަނޑުބިމަށް އަދި ފާމިންއަށް ބިން ކުއްޔަށް ދޫކުރުން
ރަށުގެ ލޭންޑް ޔޫސްޕްލޭންގައިވާ ގޮތުގެ މަތީން ރަށުގެ އިރު އުތުރު ސަރަހައްދުން ދަނޑުވެރިކަން ކުރުމަށް ބިން )4000 އަކަފޫޓްގެ) ގެ 02 ބިން އަދި ފާމިން (ގެރި، ބަކަރި، ކުކުޅު، އަސްދޫނި ފަދަތަކެތި ގެންގުޅުމަށް) 01 ބިން (4000 އަކަފޫޓުގެ ބިން) މީލާދީ 5 (ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޑިސެމްބަރ 16 ވަނަ ދުވަހުގެ 13:00 އަށް އަގުބަޔާންކޮށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. އަގުގެ ގޮތުގައި ހުށަހޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 0.125 (ސުމެއް ޕޮއިންޓް އެކެއް ދޭއް ފަހެއް ލާރި) އެވެ. މީގެ ކުރިން މިކަމަށްކުރި ނަމްބަރ (ILU)365-MIM/365/2025/128 (01 ޑިސެމްބަރ 2025) އިއުލާނުގެ މައްސަލަތަކެއް ހުރުމުން އެއިއުލާނުވަނީ ބާތިލްކުރެވިފައެވެ.
މިއިއުލާނާއިއެކު ދަނޑުބިން / ފާމިންއަށް އެދި ހުށަހަޅާފޯމް އަދި މައުލޫމާތު ޝީޓް އެއްހީރަސް ކުރެވިފައިވާނެއެވެ.
އިވެލުލުވޭޝަން ކްރައިޓީރިއާ
- އަގު:%85 ޕޮއިންޓް (އެންމެ ބޮޑުއަގު ބެންޗްމާކު ކަމުގައި ބަލައިގެން)
- ޕްރޮޕޯސަލް ޕޮއިންޓް (އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތް ބެންޗް މާކެއް ގޮތަށް ބަލައިގެން)
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.