ދިވެހިރާއްޖެ
މި އިދާރާއަށް، 06 ސީޓްގެ ބަގީއެއް ހޯދުމަށްކުރި ނަންބަރު: (IUL)351/351/2025/73 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަފަހަރަށް އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް، ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީކުރެއްވުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
- ރަޖިސްޓްރީކުރުމުގެ ސުންގަޑި : 15 ޑިސެމްބަރ 2025 (ހޯމަ) 13:00 އަށް
- ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ލިންކް: https://forms.gle/KkhT6K8tidgjAWrbA
- ޕްރީބިޑް މީޓިންގ : 17 ޑިސެންބަރު 2025 (ބުދަ) 10:00 އަށް އދ. މަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- އަންދާސީ ހިސާބު ހުށައެޅުން: 21 ޑިސެންބަރު 2025 (އާދިއްތަ) 10:00 އަށް އދ. މަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް، އަދި އަގު ހުށައަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި މަޢުލޫމާތުތަކުގެ އިތުރުން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 15 ޑިސެމްބަރ 2025 (ހޯމަ) 13:00 ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ލިޔުންތައް ފޮނުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- އީމެއިލް އެޑްރެސް: [email protected]
މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމަށް މަތީގައި ދަންނަވާފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.