ވަޒީފާގެ ފުރުޞަތު
ނަންބަރު: S3C-A/2015/05
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 16 ނޮވެންބަރު 2015 15:00
އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮފީސް އެސިސްޓެންޓް  (މިއީ ދާއިމީ މަޤާމެކެވެ.)  

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް 2

މަޤާމުގެ ރޭންކް:

  SS2

އަސާސީ މުސާރަ:

=-/3470 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35

- ލިވިންގ އެލަވެންސް: 2550.00 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ އަސާސީ ޝަރުޠު:

- ލިޔަންކިޔަން ދަތުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، SS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

- ސަރަހައްދުގެ މީހުންނާ ހަވާލުކުރަންޖެހޭ ކޯޓް އަމުރުތައް ރައްދުކޮށްދިނުން.

- ސަރަޙައްދުގެ ތަންތަނަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރުން.

- އެ ސަރަޙައްދުގެ ފިހާރަތަކުން ގަންނަންޖެހޭ ތަކެތި ގަތުމާއި، ހޯދަންޖެހޭ އަގުތައް ފިހާރަތަކުން ހޯދުން.

- ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމަށާއި، ބޭންކަށް ރައްދުކުރަންޖެހޭ އެހެނިހެން ތަކެތި ރައްދުކުރުމަށް ބޭންކަށް ދިއުން.

- ޙައްދު ޖެހުމާއި، ތަޢުޒީރުކުރުން.

- ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.

- ކޯޓުގެ އިދާރީ މުވައްޒަފުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ނޯޓް:

މި މަޤާމަށް ކުރިމަތިލާ ފަރާތްތައް 10 ފަރާތަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ، ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން، ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތެވެ.

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެ)   

- ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑު ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓުކުރެވިފައިވާ އަސްލު)

- ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

16 ނޮވެންބަރު 2015 ގެ 15:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:

ފޯނު ނަންބަރު: 6891522 ފެކްސް ނަންބަރު: 6890525    

26 މުޙައްރަމް 1437

08 ނޮވެންބަރު 2015