ކުއްޔަށް ދިނުން
ނަންބަރު: 113-PRC/I-2015/134
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 19 ނޮވެންބަރު 2015 15:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މީރު ބަހުރު ބަނދަރުގާ ގާޑިޔާ ބީލަމުގައި ކުއްޔަށް ދޫކުރުން.

އިޢުލާން

މީރު ބަހުރު ބަނދަރުގާ ގާޑިޔާ ބީލަމުގައި ކުއްޔަށް ދޫކުރުން.

ތަޢާރަފް

މީރު ބަހުރު ބަނދަރުގެ ޕާކުތެރޭގައި ގާޑިއާ ޚިދުމަތް ދޭނެ ފަރާތެއް ބީލަމުގެ އުސޫލުން ހޯދަން ބޭނުންވެ ކުރެވުނު ނަންބަރު: 113-PRC/I-2015/ 123 ގެ އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅައިފައި ނުވާތީ އެ އިޢުލާން ބަތިލްކޮށް އަލުން އިުޢުލާން ކުރަމެވެ.

އިތުރު ތަފްޞީލް

ބީލަން ހުށަހެޅޭނެ ފަރާތްތައް

  • މިބީލަމުގައި ބައިވެރިވެވޭނީ، ބީލަން ހުށަހަޅާ ތާރިޚާ ހަމައަށް އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ދިވެހިރައްޔިތުންނަށާއި، ދިވެހި ރައްޔިތެއްގެ ޙިއްސާ އޮންނަ ކުންފުނި ނުވަތަ ވިޔަފާރިއަކަށެވެ.

ބީލަމުގައި ރަޖިސްޓަރީ ވުން

  • ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމް.ޕީ.އެލްގައި -/500 ރުފިޔާގެ ނޮން ރިފަންޑަބަލް ޑިޕޮސިޓެއް ބަހައްޓަން ޖެހޭނެއެވެ. އަދިރަޖިސްޓަރީކުރުމަށްޓަކައި ތިރީގައިވާ ތަކެތި ފައިސާދައްކާ ކައުންޓަރަށް ހުށަހަޅަން ޖެހޭނެއެވެ.
  1. އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑުގެ ކޮޕީ އަދި ބީ.ޕީ.ޓީ ނުވަތަ މީރާގައި ރަޖިސްޓަރީ ކުރިކަމުގެ ލިއުން
  2. ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓް
  3. ކުންފުނި ރެޕްރެސެންޓް ކުރާނެ ފަރާތެއް ކަނޑައަޅާފައިވާ ކުންފުނީގެ ޤަރާރު

ބީލަމުގައި ރަޖިސްޓަރީ ކުރުން އޮންނާނީ 15 ނޮވެންބަރު 2015 އިން ފެށިގެން 19 ނޮވެންބަރު 2015 އާ ދެމެދު ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ފެށިގެން 15:00 އާ ދެމެދުގައެވެ.

ބީލަން ފެށޭ އަގު

  • ގާޑިޔާގެ ބީލަންފެށޭ އަގަކީ -/5000ރުފިޔާ އެވެ.

ބީލަމަށް މަދުވެގެން އިތުރު ކުރުވޭނެ އެންމެ ދަށް އަދަދު

  • ބީލަމަށް ހުށަހެޅިފައިވާ އެންމެ މަތީކުއްޔަށް އިތުރުކުރެވޭނީ ފަހަރަކު މަދުވެގެން -/500 ރުފިޔާ އެވެ.

ބީލަން ނިންމުމާއި އެވޯޑުކުރުން

  • ބީލަމުގެ އަގު ހުށަހަޅާފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ބީލަން ނިންމޭނެއެވެ.
  • ބީލަން ކާމިޔާބުކުރި ފަރާތުން ތަން ދޫކޮށްލައިފިނަމަ، 2 ވަނަ އަށް ހޮވިފައިވާ ފަރާތަކާއެކު ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވޭނެއެވެ.
  • 2 ވަނަ އަށް ހޮވޭފަރާތުން ތަން ދޫކޮށްލައިފިނަމަ، ތަން ދޫކޮށްލި 2 ފަރާތް ނުހިމަނައި ދެންތިބި ފަރާތްތަކަށް އެފަރާތްތަކުން ކުރިންލީ ބީލަމަށްވުރެ ބޮޑުކޮށް ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނެއެވެ.
  • ބީލަން ހުށަހެޅިފަރާތްތަކުގެ ތެރެއިން 2 (ދޭއް) ފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ ކުލި އެއްވަރު ވެއްޖެނަމަ ކުލި އިތުރުކުރުމުގެ ފުރުސަތު އެފަރާތްތަކަށް ދެވޭނެއެވެ. އަދި މިފުރުސަތުގައި ވެސް ހުށަހަޅާފައިވާ ކުއްޔަށް އިތުރު ބަދަލެއް ނައިސްފިނަމަ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ހޮވޭ ފަރާތަކަށް އެވޯޑްކުރެވޭނެއެވެ.
  • ބީލަން ނިމުމުން އެންމެމަތީ ކުލި ހުށަހެޅި ފަރާތަށް ބީލަން ކާމިޔާބު ވެއްޖެ ކަމުގެ ލިޔުމެއް ދޫކުރެވޭނެއެވެ. ބީލަން ކާމިޔާބުވި ފަރާތަށް އެލިޔުން ދޫކުރާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ކުލީގެ އެއްބަސްވުމުގައި އެމް.ޕީ.އެލް އާއެކު ސޮއިކުރަންވާނެއެވެ.

 ކުލި ހުށަހެޅުން

  • ހުށަހަޅާ ކުލި ސާފުކޮށް އެނގޭނެހެން ހިސާބު އަކުރުންނާއި ތާނަ އަކުރުން ޢަދަދު ތަފާތު ނުވާނެހެން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަން ހުށަހެޅުން އޮންނާނީ 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އެމް.ޕީ.އެލް ސަރވިސްބިލްޑިންގ މީޓިންގ ރޫމުގައެވެ.
  • އަގު ހުށަހަޅަންވާނީ އެކަމަށް ކަނޑައެޅިފައިވާ ބީލަން ފޯމުގައެވެ. އަދި މި ފޯމު ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކުއްޔަށް ހިފަން ބޭނުންވާ ތަން އެނގޭނެހެން "ބީލަމުގައި ބައިވެރި ވުމަށް އެދި" ލިޔެވިފައި އޮންނަންވާނެއެވެ.

 ތަނުގައި ބޭނުންކުރާ ތަކެތި ބެލެހެއްޓުމާއި މަރާމާތް

  • ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ތަނަށް ކުރަންޖެހޭ ހުރިހާ ޚަރަދަކާއި، މަރާމާތަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ގާޑިޔާ ހިންގާ ފަރާތުންނެވެ.

އިންޝުއަރެންސް، ޖޫރިމަނާ އަދި ގެއްލުމުގެ އަގު

  • ގާޑިޔާ ހިންގުމާ ގުޅިގެން ތަނަށް، ނުވަތަ ތަކެތި، ނުވަތަ މީހުންނަށް ކުރަންޖެހޭ އެއްވެސް އިންޝުއަރެންސެއް ކުރަންޖެހިއްޖެނަމަ އެ ކަމެއް ކުރާނީ ގާޑިޔާ ކުއްޔަށް ހިފާ ފަރާތުންނެވެ.
  • ސަރުކާރުގެ އެއްވެސް ގަވާއިދަކާ ޚިލާފުވެގެން ގާޑިޔާ ޖޫރިމަނާއެއް ކޮށްފިނަމަ، އެ ޖޫރިމަނާ ދައްކާނީ ކުއްޔަށް ހިފާ ފަރާތުންނެވެ.

އަންގާ އެންގުންތައް

  • އެމް.ޕީ.އެލް އިން ގާޑިޔާ ކުއްޔަށް ހިފާ ފަރާތަށް އަންގަންޖެހޭ ހުރިހާ އެންގުމެއް އަންގަންވާނީ ލިޔުމުންނެވެ. އަދި އެ ލިޔުން ލިބެންވާ ފަރާތަށް ލިބުނުކަން އެނގޭނެ ގޮތެއްގެ މަތިންނެވެ.
  • ކުއްޔަށް ހިފާ ފަރާތުން އެމް.ޕީ.އެލް އަށް ހުށަހަޅަންޖެހޭ ހުރިހާ ހުށަހެޅުމެއް ހުށަހަޅަންވާނީ ލިޔުމުންނެވެ.

މަހު ކުލި

  • ކުއްޔަށް ދޫކުރާ ތަނުގެ ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި ބީލަން ކާމިޔާބުކުރާ ފަރާތުން 1 މަސް ދުވަހުގެ އެޑްވާންސެއް ނެގޭނެ އެވެ.
  • ކުއްޔަށް ދޫކުރާ ތަނުގެ އެޑްވާންސް ކުލީގެ ގޮތުގައި  ބީލަން ކާމިޔާބުކުރާ ފަރާތުން 1 މަސް ދުވަހުގެ އެޑްވާންސެއް ނެގޭނެ އެވެ.
  • ކުލީގެ ގޮތުގައި ނެގޭ އަދަދު ކޮންމެ މީލާދީ މަހެއްގެ 10 ގެ ކުރިން އެމް.ޕީ.އެލްގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓަށް ދައްކަންވާނެއެވެ.

ބީލަން ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން ފޯމު.

އިތުރު މައުލޫމާތު

  • ގާޑިޔާގެ ޚިދުމަތް ދޭ ފަރާތުން މި ގާޑިޔާގެ ޚިދުމަތް ދޭންވާނީ ގާޑިޔާތައް ހިންގުމަށް ސަރުކާރުން ދީފައިވާ ރަސްމީ ގަޑިތަކުގައެވެ.
  • ގާޑިޔާގައި ވިއްކަންވާނީ ހަމަ އެކަނި ރާއްޖޭގެ އުފެއްދުން ތަކެވެ.
  • ގާޑިއާގައި ކެއްކުމަކީ މަނާކަމެކެވެ.
  • ތަން ހިންގުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ އެއްމެހައި ހުއްދަތައް ނަގަންވާނީ ތަން ކުއްޔަށް ހިފާފަރާތުންނެވެ.
  • މި ގާޑިޔާތަށް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 1 އަހަރު ދުވަހެވެ. ކުއްޔަށް ހިފާ ފަރާތުން މި 1 އަހަރު ދުވަހުގެ ތެރޭގައި މިކުންފުނީގެ މެނޭޖްމަންޓް ޤަބޫލުކުރާ ފެންވަރަށް ހިިންގާފައިވާނަމަ އިތުރު މުއްދަތަކަށް މިތަން ކުއްޔަށް ދިނުމުގައި އެފަރާތައް އިސްކަންދެވޭނެއެވެ.
  • ގާޑިޔާ ހިންގާ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ޚިދުމަތް ދޭ ފަރާތުގެ ޒިންމާއެކެވެ.
  • މި ސަރައްހައްދަކީ ދަތުރުވެރިން ބެނުންކުރާ ސަރަހައްދެއްކަމުން އެފަރާތްތަކަށް އުދަނގޫވާފަދަ ގޮތަކަށް އެއްޗެހި ތައް ބެހެއްޓުން އަދި އެފަރާތް ތަކަށް އުދަނގޫވާފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ އެވެ.

ފެނާއި ކަރަންޓުގެ ޚިދުމަތް:

  • ފެނާއި ކަރަންޓުގެ ޚިދުމަތް މިހާރުވެސް މީރުބަހުރު ބަނދަރުގައި ދެމުން އަންނަ އުސޫލުގެ ދަށުން ޚިދުމަތް ލިބެން ހުންނާނެ އެވެ.

މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާ ގުޅިގެން ކުއްޔަށް ދޫކުރާ ގާޑިޔާ ބަލަން ބޭނުންވާ ފަރާތްތަކުން 3006545 އަށް ގުޅުމުން އެތަން ބެލުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑީޕާޓްމަންޓުގެ ފޯނު ނަންބަރު 3323993 އަދި އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުން ސާފުކުރަން ބޭނުންވި މަޢުލޫމާތު ލިބޭނެއެވެ.

އިތުރު ބަޔާން

  • މަތީގައި ބަޔާންކުރެވުނު ބީލަމުގައި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އެދެފަރާތުގެ އާއިލާ ބޭފުޅެއް (އާއިލާ މާނަ ކުރަނީ މަންމަ، ބައްޕަ، ފިރިން، އަނބިން، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނެވެ.) އަދި އެފަރާތެއް ހިއްސާވާ ކުންފުންޏެއް ނުވަތަ ވިޔަފާރި އަކަށްވެސް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
  • މި ގާޑިޔާ ހިންގަންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ ވިޔަފާރި ކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީންނެވެ.

                                  30 މުޙައްރަމް 1437

12 ނޮވެންބަރު 2015