ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2015/114
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 18 ނޮވެންބަރު 2015 12:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.

މަޤާމު

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

04

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް. އެސް. 1

މުސާރަ

މަހަކު -/5610

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭ ތަން

(ހދ، ށ، ގދ، ސ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

1. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަޑު މަސައްކަތް

1- އެފް. ސީ. އެސް. ސީ. ގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔުންތަކާއި މަޢުލޫމާތުތައް އެއްކޮށް، މުސާރަޝީޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި މިނިސްޓްރީއަށް ފޮނުވުން.

2- އެފް. ސީ. އެސް. ސީ. ގެ މުވައްޒަފުންގެ ޕެންޝަން ސްކީމަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ ކަންތައް ނިންމުން.

3- ސަރުކާރުގެ ދަތުރުތަކުގައިދާ މީހުންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ކަންތައް ކުރުން.

4- އެފް. ސީ. އެސް. ސީ. ތަކަށް ނަގަންޖެހޭ ފައިސާ ނެގުމާއި، ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.

5- ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ ޚަރަދަށް ޖަމާކުރަންޖެހޭ ފައިސާގެ ހިސާބުތަކާބެހޭ ރިޕޯޓްތައް މަހުންމަހަށް ހޯދައި، ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް، ޤަވަޢިދުން ފައިލްކޮށް ބަލަހައްޓަމުން ގެންދިއުން.

6- އެފް. ސީ. އެސް. ސީ. މެނޭޖްމަންޓުގެ ޔައުމިއްޔާއަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމުގެ ކަންތައް ކުރުން.

7- އެފް. ސީ. އެސް. ސީ. ތަކުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި، ނުދެއްކި ހުރި ބިލްތަކުގެ ރަޖިސްޓަރީއެއް ހަދައި، އެ ރަޖިސްޓަރީ ޤަވަޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

8- އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

9- ހަވާލުވެގެން ކުރެވޭ މަސައްކަތްތަކާބެހޭ އެންމެހައި ލިއުންތައް ތަރުތީބުން ފައިލްކޮށް (ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ބެލޭނެގޮތަށް) ރައްކާތެރިކަމާއެކު ބެލެހެއްޓުން.

10- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމު

ކުދިން ބަލަހައްޓާ

ބޭނުންވާ އަދަދު

04

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: އެސް. އެސް. 1

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް

މަހަކު -/1000

މަސައްކަތް ކުރަންޖެހޭ ތަން

(ހދ، ށ، ގދ، ސ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- އަމާން ހިޔާގައި ބައިތިއްބާ، މީހުންނާއި ކުދިންނަށް ބޭނުންވާ ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމާއި، އަމިއްލައަށް ކައިބޮއި ނޫޅެވޭ މީހުންނާ ކުދިންނަށް އެހީތެރިވުން.

2- އަމާން ހިޔާގައި ތިބޭ ކުދިންނާއި މީހުންނަށް ސާފުތާހިރުވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދިނުމާއި، އަމިއްލައަށް ސާފުތާހިރު ނުވެވޭ މީހުންނާއި ކުދިންނަށް އެހީތެރިވުން.

3- އަމާން ހިޔާގައި ސްކޫލަށްދާ ކުދިން ތިބިނަމަ، ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމާއި، ސްކޫލަށް ފޮނުވުމުގެ އެންމެހައި ކަންތައްތައް ކުރުން.

4- ސްކޫލަށްދާ އުމުރުގެ ކުދިންގެ ސްކޫލް ފިލާވަޅުތައް ދަސްކޮށްދިނުމާއި، ހޯމްވަރކް ހެދުމަށް އެހީތެރިވުން.

5- އަމާން ހިޔާގައި ތިބޭ ކުދިންނާއި މީހުންނަށް ސާފުތާހިރުކަމަށް ބާރުއަޅައި، އިރުޝާދު ދިނުން.

6- އަމާން ހިޔާގައި ތިބޭ ކުދިންނާއި މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން.

7- އަމާން ހިޔާގައި ތިބޭ ކުދިންނާއި މީހުން މުނިފޫހިފިލުވުމަށްޓަކައި ފޮތާއި ބޯޑް ގޭމް ފަދަ ތެކެތި ހޯދުމާއި، ބައެއް ހަރަކާތްތައް ކުރިޔަށް ގެންދިއުން.

8- އަމާން ހިޔާގައި ހުރި ކުއްޖަކު ނުވަތަ މީހަކު ބަލިވެއްޖެނަމަ، ޑޮކްޓަރަށް ދެއްކުމާއި ބޭސްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

9- އެފް. ސީ. އެސް. ސީ. އަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން (އޭނާގެ ޚިދުމަތް ހޯދާވަގުތު) ގޮވައިގެން އަންނަ ކުޑަކުދިންނާ ހަވާލުވެ، އެކުދިން ބަލަހައްޓައިދިނުން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރިޑިޓް ނުކުރާ ސެޓްފިކެޓް ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކިޔަންއެނގޭވަރުގެ ސާފު ކޮޕީ)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 ނޮވެންބަރު 18 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ނުވަތަ އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު ކުރުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ (ބަންދުދުވަސްތައް ނުހިމަނައި) ތެރޭގައެވެ. ޓެކްނިކަލް މަޤާމްތަކުގެ އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގައެވެ. ކުދިން ބަލަހައްޓާގެ މަޤާމްތަކުގެ އިންޓަވިއުކުރާނީ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާ މެދުވެރިކޮށް އެ އަތޮޅެއްގައެވެ.

އިތުރު މަޢުލޫމާތު

- ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއްސެންޓަރުން އަނެއް ސެންޓަރަށް ބަދަލުކުރުމުގެ އުޞޫލްގެދަށުން ފަންނީ މުވައްޒަފުން ވަކިމުއްދަތަކަށް އެހެން އަތޮޅުތަކުގެ ސެންޓަރުތަކުގައި މަސައްކަތްކުރަން ޖެހިދާނެއެވެ.

- އަތޮޅުތެރޭގެ ސެންޓަރުތަކަށް ނެގޭ ހިންގުމާ ހަވާލުވެ ހުންނަ "މެނޭޖަރ" އަދި ފަންނީ މުވައްޒަފުން  މަސައްކަތަށް އަހުލުވެރިކުރުމުގެ އުޞޫލުގެދަށުން 01 މަސްދުވަހަށް މިނިސްޓްރީގައި މަސައްކަތްކުރަން ޖެހޭނެއެވެ. މި މުއްދަތުގައި މާލޭގައި ހުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަންޖެހޭނީ އެ މުވައްޒަފަކު އަމިއްލައަށެވެ.

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 3013017 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި، އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.

23 މުޙައްރަމް 1437

05 ނޮވެންބަރު 2015