ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2025/59 |
|
ތާރީޚް |
17 ޖުމާދިލްއާޚިރާާ 1447 |
|
|
07 ޑިސެމްބަރ 2025 |
ސައުންޑް ސިސްޓަމެއްގަތުން
މިކައުންސިލުން ބާއްވާ އެކިއެކި ހަފްލާތަކުގައި ބޭނުންކުރާނެ ސައުންޑް ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ،މިދެންނެވި ސައުންޑް ސިސްޓަމްް މިކައުންސިލަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. ހުށަހަޅާ ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީގެ މުއްދަތުހަމަނުވާ ކޮޕީއަކާއި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް އެއްކަރުދާސްކުރަންވާނެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް