ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2025/68
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 08 ޖަނަވަރީ 2026 12:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

 

އިޢުލާން

2026 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލައް ވެއްދުމާ ގުޅޭ

2026 ވަނައަހަރު ތުލުސްދޫ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީގެ ކުލާސް ތަކަށް އަލަށް ވަންނަ ކުދިން ވެއްދުމަށް ދޫކުރާ އެޕްލިކޭޝަން ފޯމް 2025 ޑިސެމްބަރ 08 އިން 2026 ޖެނުއަރީ 08 ގެ ނިޔަލަށް ތުލުސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ދޫކޮށް ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައެވެ.

ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތައް ބަލާނެ ގޮތް

ގުރޭޑް

2026 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ

ބޭބީ ނާރސަރީ

2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ

ނާރސަރީ

2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ

 

ވީމާ ބަޔާންކޮއްފައިވާ ގޮތުގެމަތިން އުމުރުފުރާ ހަމަވާ ދަރިވަރުން 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސްކޫލަށް ވައްދަން އެދޭ ފޯރމް ފުރިހަމަކޮށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

07 ޑިސެންބަރު 2025