ތަމްރީނު
ނަންބަރު: (IUL)227-CA-AD/PRIV/2025/26
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 08 ޑިސެންބަރު 2025 14:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޝަނަލް ޔޫތު ކޮންފަރެންސް

ޒުވާނުންގެ ތަރައްޤީގެ ޤައުމީ ސިޔާސަތު ކަނޑައެޅުމުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުން އެއްތަނަކުން ބައްދަލުކޮށް، ހިޔާލާއި މަޝްވަރާހޯދައި ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމުގެ މަޤްޞަދުގައި 2025 ޑިސެމްބަރ 22ން 23އަށް ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ފަރާތުން '' ނެޝަނަލް ޔޫތު ކޮންފަރެންސް '' އެއް މާލޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިކޮންފަރެންސްގައި ކޮންމެ އިދާރީ ދާއިރާއަކުން ޢުމުރުން ( 30-18 )ދެމެދުގެ 1 ( އެކެއް ) ޒުވާނަކު ބައިވެރިކުރުވުމަށްވަނީ ނިންމާފައެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވަޑައިގަންނަވާ ފަރާތުގެ 3 ދުވަހުގެ ކެއުމާއި، އެއަރ ޓިކެޓް ޔޫތުމިނިސްޓްރީން ހަމަޖައްސަވާދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  2025 ޑިސެމްބަރ 08 ވަނަ ދުވަހުގެ 14:00 ގެ ކުރިން Youth Forum 2025 – Fill out form ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޔޫތު ޑިވެލޮޕްމަންޓް އޮފިސަރ އާމިނަތު ރަޝީދާ ( 4000416/4000417 ) ގުޅުއްވުމުން މަޢުލޫމާތު ސާފުވާނެ ވާހަކަ ދެންނެވީމެވެ.

07 ޑިސެންބަރު 2025