ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HAS/1/2015/67
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 19 ނޮވެންބަރު 2015 14:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ލީގަލް ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: ލީގަލް ކައުންސެލަރ

ބޭސިކް މުސާރަ: މަހަކު -/9،000 ރުފިޔާ

ޑެއިލީ އެލަވަންސް: މަހަކު -/6،000 ރުފިޔާ

ވަޒީފާގެ ބާވަތް: ފުލްޓައިމް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

  1. މަޤާމާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. އަދި؛
  2. މަޤާމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހިންގުންތެރި، ހީވާގި، މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމާ މީހެއްކަމުގައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 

2015 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވެލާނާ ބިލްޑިންގުގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޤާނޫނީގޮތުން އެކިއެކި ކަންކަމުގައި މި ކޯޕަރޭޝަނުގެ މެނޭޖްމަންޓަށް އަދި މި ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ލާފާދިނުމާއި، ޑިރެކްޓަރުންގެ ބޯޑުން އެދިއްޖެ ހިނދެއްގައި ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުން.

- ކޯޕަރޭޓް ގަވަނަންސް އުސޫލުތައް ޤާއިމުކުރުމުގައްޔާއި، ކުންފުނި ހިންގުމުގައި ބޭނުންވާ ޕޮލިސީތަކާއި، އެސް. އޯ. ޕީތައް ތައްޔާރުކުރުމުގައި ލަފާދީ، އެތަކެތި ޑްރާފްކުރުމާއި، ރިވިއުކޮށް، އިޞްލާޙުކުރުން.

- މި ކޯޕަރޭޝަނުގެ ފަރާތުން އެކިއެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ލަފާދީ، އެތަކެތި ޑްރާފްކުރުމާއި، ރިވިއުކޮށް، އިޞްލާޙުކުރުން.

- މި ކޯޕަރޭޝަނަށް ބޭނުންވާ އެކިއެކި މަސައްކަތްތައް ކުރާނެ އަދި ޚިދުމަތްތައްދޭނެ ފަރާތްތައް ޢައްޔަންކުރުމާ ގުޅޭގޮތުން ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި އެއްބަސްވުންތައް ތައްޔާރުކުރުމާއި، އެފަދަ ތަކެތި ރިވިއުކޮށް، އިޞްލާޙުކުރުން.

- މި ކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓުތަކާއި، ކޮމަރޝަލް ޓެންޑަރތަކާއި، ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅޭގޮތުން ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި އެއްބަސްވުންތައް ތައްޔާރުކުރުމާއި، އެފަދަ ތަކެތި ރިވިއުކޮށް، އިޞްލާޙުކުރުން.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، ނަންބަރު 3323228 ފޯނާއެވެ.
  • މި މަޤާމަށް އިންޓަވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 3 ފަރާތަކާއެވެ.
  • ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީއެއް ނުފޮނުވާނެއެވެ.

ސިޓީ އެޑްރެސްކުރާނީ:

 ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

28 މުޙައްރަމް 1437

10 ނޮވެންބަރު 2015