ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2025/118
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:20
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢަމަލު މިސްކިތަށް އޭސީ ހަދިޔާކުރުމަށް ފުރުސަތު ހުޅުވާލުން

                މަސްޖިދުލް ޢަމަލު މިސްކިތުގެ އޭސީ ހޮޅި ލައިން ބޭރަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން މިސްކިތުގައި މިހާރު ހަރުކޮށްފައި ހުރި 9000 ބީޓީޔޫގެ 14 އޭސީގެ ބަދަލުގައި 24000 ބީޓީޔޫގެ 11 އޭސީ އެޅުވުމުގެ މަސައްކަތް ކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ތެރެއިން މިސްކިތަށް އޭސީ ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. މަސްޖިދުލް ޢަމަލު މިސްކިތަށް ބޭނުންވަނީ 10 އޭސީއެވެ. އޭސީ ހަދިޔާ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ލިންކް މެދުވެރިކޮށް ނުވަތަ މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށާއި، މިސްކިތްކުގައި ހުންނަ މަސައްކަތް ހިލޭ ސާބަހަށް ކުރުމަށްއެދޭ ފޯމް ފުރިހަމަކޮށް 2025 ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. ފޯމް މި އިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓް www.baarah.gov.mv  އިން ލިބެން ހުންނާނެއެވެ. ފޯމް އީމެއިލް މެދުވެރިކޮށް ހުށައަޅާނަމަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ފޯމް ލިންކް: https://forms.gle/ZFxkfSkSavm838FD

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.                           

07 ޑިސެންބަރު 2025