ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 30-G/1/2015/136
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 19 ނޮވެންބަރު 2015 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޮނިޓަރިން އެންޑް އިވެލުއޭޝަން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1 (އެކެއް)

ބޭނުންވާ އަދަދު:

މޮނިޓަރިން އެންޑް އިވެލުއޭޝަން އޮފިސަރ

މަޤާމު:

-/20,000 ދިވެހި ރުފިޔާ (ނޯޓު: މި މަޤާމަށް ހޮވޭ ފަރާތެއް ދާއިމީވާނީ، 1 ޖަނަވަރީ 2016 ގެ ފަހުންނެވެ. އަދި، ދާއިމީވުމުގެ  ކުރިން  ވަޒީފާއަށް  ހާޒިރުވާ  ދުވަސްތަކަށް  ދިނުމަށް  ހަމަޖެހިފައިވަނީ،  މި  ވަޒީފާއަށް  ހޮވޭ  ފަރާތަކާ މި މިނިސްޓްރީއާ ދެމެދު އެއްބަސްވެވޭ އެލަވަންސެކެވެ.)

މުސާރަ:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ. އައި. ޔޫ)

ސެކްޝަން:

މާލެ

މަސައްކަތުގެގޮތުން ރާއްޖެތެރެއަށް ދަތުރުކުރަންޖެހޭ / ގިނަވަގުތު ފީލްޑްގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެ.

މަސައްކަތް ކުރަންޖެހޭ ތަން:

1- ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3- މައިކްރޯ ސޮފްޓް އޮފީސްގެ މުހިންމު ބައިތައް ބޭނުންކުރުމަށް ވަރަށް ރަނގަޅަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

4- މައިކްރޯސޮފްޓް ޕަވަރޕޮއިންޓް ފަދަ ވަސީލަތްތަކުގެ އެހީގައި ޕްރެޒެންޓޭޝަންތަކާއި ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުމުގެ ހުނަރު ލިބިފައިވުމާއެކު، މަޢުލޫމާތު އެއްކޮށް ދިރާސާކޮށް ރިޕޯޓު ލިއުމާއި ހުށަހަޅައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. 

5- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

6- މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި، ޕްރޮޖެކްޓްތައް ހިންގުމުގެ ނުވަތަ ޕްރޮޖެކްޓް މޮނިޓަރކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

 

މަޤާމުގެ ޝަރުޠު:

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލީ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް 3341836 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ ތިރީގައިވާ އެޑްރެހަށް އީމެއިލްކުރުން އެދެމެވެ.

[email protected]

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ.

2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު.

3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)

4- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކުރާނީ؛

ޕްރޮގްރާމް މެނޭޖަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން

ސުންގަޑި:

27 މުޙައްރަމް 1437

09 ނޮވެންބަރު 2015