ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/182
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 18 ނޮވެންބަރު 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން ޓްރޭނީ

އިޢުލާން

 

މަޤާމް:

ޕޯސްޓްމަން ޓްރޭނީ

ބޭނުންވާ އަދަދު:

2 (ދޭއް)

 

 

މުސާރަ:

  1. 4122.00 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ބާވީސް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  3. އެވްރެޖްކޮށް  70 ޕޮއިންޓަށްވުރެ އިތުރަށް ބަހާ ޕޮއިންޓަށް، ކަނޑައެޅިފައިވާގޮތުގެމަތިން އިތުރު ފައިސާ ލިބޭނެއެވެ.

އެލަވަންސް:

  1. 1860.00 ރުފިޔާ (އެއްހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)
  2. އަމިއްލަ ސައިކަލުގައި މެއިލް ބެހުމުގެ މަސައްކަތްކުރާނަމަ، ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިވިޜަން:

މެއިލް އޮޕަރޭޝަންސް ޑިވިޜަން

 

 

 

މަޤާމުގެ ޝަރުޠު:

  • ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރުހުރުމާއެކު، ކުރާ އިންޓަވިއުއިން ފާސްވުން. ނުވަތަ؛
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން ލިޔަން ކިޔަން ފަރިތަކޮށް އެނގުމާއެކު، ކުރާ އިންޓަވިއުއިން ފާސްވުން.
  • މާލޭގެ ގެތަކާއިއެޑްރެސްތަކާއި، މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވޭތުވެދިޔަ 05 އަހަރު ދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން.
  • ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން.
  • އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ހަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭފަދަ ޤާބިލް ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރަންވާނެއެވެ.)
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ވަޒީފާގައި މިހާރު އުޅޭ ފަރާތެއްނަމަ ނުވަތަ ކުރިން ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅަން ޖެހޭނެއެވެ.) 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފްލޯރއަށް،  ހިއުމަން ރިސޯރސަސް ސެކްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި، "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. 

 

 

އިތުރު މަޢުލޫމާތު:

- މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ. 

- އިންޓަވިއުއަށް ކިޔާނީ،  ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރާނީ:

މެނޭޖިންގ ޑިރެކްޓަރ

  މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273

ފެކްސް: 3321559

30 މުޙައްރަމް 1437

12 ނޮވެންބަރު 2015