ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2025/47
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި:
10 ޑިސެންބަރު 2025 12:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އއ. ފެރިދޫ ގޯތިގެދޮރުގެ އެންމެފަހުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ
އިއުލާން
އއ. ފެރިދޫ ގޯތިގެދޮރުގެ އެންމެފަހުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ:
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަމްބަރ 491/344/2025/13 ( 25 ނޮވެމްބަރ 2025 ) ސިޓީއިން އަންގަވާފައިވަނީ، މިރަށުގެ ގޯތިގެދޮރުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެމިނިސްޓަރީއަށް ފޮނުވުމަށެވެ.
- ގޭގައި ދިރިއުޅެނީ ގޭގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އާއިލާ
- ކުއްޔަށް ދެވިފައި
- އިމާރާތް ކޮށްފައި ނަމަވެސް ވެތުވެދިޔަ 3 އަހަރުތެރޭ މީހުން ދިރިނޫޅޭ
- ފަޅުގޯތި ( އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނަހައްދާ )
- ރަހުނު ކުރެވިފައި
- ގޯތީގެ ވެރިފަރާތާއި ގުޅޭނެ ނަމްބަރ
ވީމާ، މިރަށުން ދޫކުރެވިފައިވާ ގޯތިތަކާއި އަދި ތަރިކައިންނާއި ހިބައިން ލިބިފައިވާ އެންމެހައި ގޯތީގެ މަތީގައި ދެންނެވިފައިވާ މަޢުލޫމާތު 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ފޯމްގައި މިއިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
04 ޑިސެންބަރު 2025