ޢާންމު މަޢުލޫމާތު
ނަންބަރު: GS28/IUL/2025/29
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި:
10 ޑިސެންބަރު 2025 14:00
ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ލ. އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްތާނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2026 ވަނަ އަހަރު މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެ:
- މިމަދަރުސާގެ 2026 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 04 ޑިސެމްބަރ 2025 ން 10 ޑިސެމްބަރ 2025 ގެ 14:00 ގެ ނިޔަލަށް މިއިޢުލާނުގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
''ބިޑް ރަޖިސްޓްރީ ފޯމް'' ގެ ލިންކް: https://forms.gle/AsjXnmuwhrgRKg2a6
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 11 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 16 ވަނަ ދުވަހުގެ 10:00 ގައިމިމަދަރުސާގެ އިދާރާގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ލ.އަތޮޅުމަދަރުސާ
ތަޢުލީމީ ހިނގުން، މާބައިދޫ، ދިވެހިރާއްޖެ.
ފޯން: 6800008
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
04 ޑިސެންބަރު 2025