މަސައްކަތް
ނަންބަރު: (IUL)369-AS/369/2025/116
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 10 ޑިސެންބަރު 2025 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ފެށުމާގުޅޭ:

              މި ކައުންސިލްގެ ނަންބަރު (IUL)369/369/2025/112 (26 ނޮވެމްބަރ 2025) އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

 

ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ފެށުމާގުޅޭ:

              ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދަށުން ހިންގާ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ " ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު " އަކީ، ދިވެހިންގެ އަސްލުތަކާއި ދިވެހިވަންތަކަމުގެ ސިފަތަކާއި ހަނދާންތައް ގެއްލެމުންދާތީ، މި ހަނދާންތައް ރެކޯޑްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އަށަގަންނަވައި، ދިވެހީންގެ ހަނދާންތައް ދެމެހެއްޓުމުގެ ސަގާފަތް އަތޮޅުތަކާއި ރަށްރަށުގައި އިއާދަކޮށް އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ތެރެއިން ދިވެހިވަންތަކަމުގެ ދާއިރާގެ ޚާއްސަ މަސައްކަތްތަކެވެ.

              މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މި މަސައްކަތުގައި އުޅެދެވޭނެ ފަރާތްތައް ހޯދައިދިނުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން އެދިލައްވާފައިވާތީ، މި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ޒުވާނުންނާއި އާންމު ރައްޔިތު ފަރާތްތަކުން 2025 ޑިސެމްބަރ 10 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ފޯމު ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ފޯމު ލިންކު: https://forms.fillout.com/t/v5JnGKU1hvus

              މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2025