ދިވެހިރާއްޖެ
މި ބިއުރޯއަށް ބޭނުންވާ ޗައިލްޑް އިކްއިޓީ އެނާލިސިސްއެއް ހަދައިދޭނެ ނެޝަނަލް ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL) 457-AIT/1/2015/25)ފ(01 ނޮވެންބަރު 2015) ގެޒެޓް ކުރުމުގައި އޮޅުންތަކެއް އަރާފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތްކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ތިރީގައިމިވާ ޓީއޯއާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ނޮވެންބަރުމަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަސައްކަތުގެ އަގު އަދި ޕްރޮފައިލާއެކު މިބިއުރޯއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި ޓީއޯއާރު މި ވެބްސައިޓް www.statisticsmaldives.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
މި ބިއުރޯ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިންގަމުންދާ އިމާރާތުގައި ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯނު ނަންބަރު. 3349397 ނުވަތަ 3349477 އަށް ގުޅުއްވުން އެދެމެވެ.
26 މުޙައްރަމް 1437