މަސައްކަތް
ނަންބަރު: GS 139/2015/23
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 18 ނޮވެންބަރު 2015 13:00
ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
2 ކްލާސްރޫމުގެ އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގައި 2 ކްލާސްރޫމުގެ އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލުން ދޭ ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަންސްއާއި، ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ސްކޫލުގައި 2 ކްލާސްރޫމުގެ އިމާރާތެއް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ނޮވެންބަރު 2015 ވާ ބުދަަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 1:00 ގައި ސްކޫލަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ސްކޫލުގައި 2 ކްލާސްރޫމް އިމާރާތްކުރުމާ ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، މަޢުލޫމާތު ފުރިހަމަ ނުވާ ބީލަންތަކާއި އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  • ބިޑް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެގޮތް

ހ. މަސައްކަތް ނިންމާނެ މުއްދަތަށް 15 މާކްސް (މުއްދަތު ކުރުނަމަ ގިނަ ޕޮއިންޓް ދެވޭނެ)

ށ. މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް 10 މާކްސް (ބޭންކް ސިޓީ، ގެރެންޓީ ސިޓީ، ބޭންކް ސްޓޭޓްމަންޓް ފަދަ ލިޔުން) މިބަޔަށް މާކްސް ދެވެނީ، އިވެލުއޭޝަން ކޮމިޓީން ކަނޑައަޅާ، އެންމެ ރަނގަޅު ފަރާތަކަށް 10 މާކްސް، ބެންޗް މާކްސްް ކަމަށް ބަލައިގެން އިވެލުއޭޝަން ކޮމިޓީން ކްރައިޓީރިޔާ ކުރެވިފައިވާ ގޮތުގެ މައްޗަށް މާކްސް ބަހައިލައިގެންނެވެ.

ނ. މަސައްކަތުގެ އަގު 65 މާކްސް (އަގު ކުޑަވިވަރަކަށް ޕޮއިންޓް ގިނަވާނެ)

ރ. މިފަަދަ މަސައްކަތުގެ ތަޖުރިބާ 10 މާކްސް (ވޭތުވެދިޔަ 03 އަހަރު ކޮށްފައިވާ މިބާވަތުގެ މަސައްކަތްތައް، އަގާއެކު ރިފަރެންސް ސިޓީ ފަދަ ލިޔުން ހުށަހެޅުން. 03 ޕްރޮޖެކްޓަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގަވާފައިވާނަމަ، މިބަޔަށް ކަނޑައެޅިފައިވާ ފުލްމާކްސް ދެވޭނެ. 03 ޕްރޮޖެކްޓަށްވުރެ މަދުނަމަ ކޮންމެ ޕްރޮޖެކްޓަކަށް ލިބޭނީ 03 ޕޮއިންޓެވެ.

  • އަމިއްލަ ފަރާތްތަކުން ނުވަތަ ކުންފުންޏަކުން ނަމަވެސް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެ މީހަކީ އެފަރާތަކުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: މި ސްކޫލުގެ ނަންބަރު: 6600014 ފޯނާއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

30 މުޙައްރަމް 1437

12 ނޮވެންބަރު 2015