މަސައްކަތް
ނަންބަރު: IUL-16/GS211/2015
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 17 ނޮވެންބަރު 2015 13:00
ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
މަރާމާތުތައްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ނޫރާނީ ސްކޫލުގައި ހުރި ތިރީގައި މިދަންނަވާ މަރާމާތުތައް، ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިދަންނަވާ މަރާމާތުތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

1- ކުދިންގެ ފާޚާނާގެ 3 ދޮރު މަރާމާތުކުރުން

2- 5 ކްލާސްރޫމުގެ ބޮޑުދޮރު އެލުމީނިއަމް ދޮރަށް ބަދަލުކުރުން

3- އެހެނިހެން ބައެއް މަރާމާތުތައް

މަރާމާތު

17 ނޮވެންބަރު 2015 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 13:00 ގައި ނޫރާނީ ސްކޫލުގައި

މަޢުލޫމާތު ދިނުން

19 ނޮވެންބަރު 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 13:00 ގައި ނޫރާނީ ސްކޫލުގައި

އަންދާސީހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގެވުމުގެ ގޮތުން އިޢުލާންކުރީމެވެ.

28 މުޙައްރަމް 1436

09 ނޮވެންބަރު 2015