ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)42-D/1/2015/136
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 08 ފެބުރުވަރީ 2016 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޢުމުރާއަށް ގެންދިއުމުގެ ފުރުޞަތު

އިޢުލާން

1437 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިވާ ކުންފުނިތަކަށް، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު 12 ނޮވެންބަރު 2015 އިން ފެށިގެން 8 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 12:00 އަށް ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން 12 ނޮވެންބަރު 2015 ވަނަ ދުވަހުން ފެށިގެން 8 ފެބުރުވަރީ 2016 އަށް، ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު ހެނދުނު 11:00 ން 12:00 އަށް މި މިނިސްޓްރީގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ވީމާ، 2015 ވަނަ އަހަރުގެ ނޮވެންބަރު ގެޒެޓުކުރެވިފައިވާ  ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު ގައިވާ ގޮތަށް ޕްރޮޕޯސަލްތައް ތައްޔާރުކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

10 މުޙައްރަމް 1437

12 ނޮވެންބަރު 2015