ދިވެހިރާއްޖެ
ރ.އަތޮޅުގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މަޝްރޫޢުތައް ހިންގުމަށާއި، ރ.އަތޮޅުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރަމުންގެންދާ މަސައްކަތުގައި އެހީތެރިވެ، އެ ފަރާތްތަކުން ހިންގުމަށް ރާވާ އެކިއެކި ޕްރޮގްރާމްތަކަށް އެހީތެރިވުމަށްޓަކައި، ޤަވާޢިދު ނަންބަރު 2023/R-158 (ކައުންސިލަށް ދޭ ހިލޭއެހީ ކަނޑައެޅުމާއި، ކައުންސިލުތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 20 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 73 ވަނަ މާއްދާއިން ބާރުލިބިގެން، ރ އަތޮޅުގެ އެންމެހާ ކުލަބު ޖަމިއްޔާތަކަށް މާލީ އެހީދިނުމަށް ހުޅުވާލަމެވެ.
މިއެހީ ލިބިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނުގައި އެއްކަރުދާސްކުރެވިފައިވާ ޤަވާއިދަށް ރިއާޔަތްކޮށް 20 ޑިސެމްބަރ 2025 ގެ 14:00 ގެ ކުރިން ޕްރޮޕޯސަލްތައް މިއިދާރާގެ ރަސްމީ އީމެއިލަށް ފޮނުވައިދެއްވުން އެދެމެވެ.
މިއަރުތައެހީ އާއި ގުޅޭ ކަންކަން ސާފުކުރުމަށް އިދާރާގެ ރަސްމީ ނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
________________________________________________________________________
މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: [email protected]
ވެބްސައިޓް:www.raa.gov.mv