ދިވެހިރާއްޖެ
ކީރިތި ޤުރްއާނުގެ ދާއިރާއިން ޢިލްމީ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ތަފާތު ޤިރާއަތްތަކަށް ކީރިތި ޤުރްއާން ކިޔެވުމާއި، ކީރިތި ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އަދި އެކަމުގެ ޙައްލާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ބާއްވާ ޤުރްއާން މަހާސިންތާގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 8 ޑިސެންބަރ 2025 ވާ ހޯމަ ދުވަހުގެ 22:00 ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުން އެދެމެވެ.
ބައިވެރިވުމުގެ ޝަރުޠުތައް:
1- ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމުގެ މަސައްކަތް ކުރާފަރާތަކަށްވުން.
2- ޤުރްއާނުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށްވުން
މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޑިސެންބަރ 14 ވަނަދުވަހުގެ ރޭގަނޑު 20:00 އިން 23:00 އަށެވެ.