ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)318-AD/318/2025/101
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 18 ޑިސެންބަރު 2025 14:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގޭ ދަރަވަންދޫ އެވޯޑަށް އެދި ހުށަހެޅުން

ދަރަވަންދޫއަށް ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށާ، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކަށާ، ދުނިޔޭގެ ފެންވަރުގައި، ޤައުމީ ފެންވަރުގައި، އަދި އަތޮޅު ފެންވަރުގައި، ރަށަށް ރީތިނަމާ ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މަގުސަދުގައި "މަގޭ ދަރަވަންދޫ އެވޯޑް"ގެ ނަމުގައި އެވޯޑްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ދިނުމަށް ނިންމާފައިވަނީ ތަޢުލިމީ އެވޯޑް، މަތީ ދަރަޖަ އެވޯޑް، ރަށަށް ރީތި ނަން ހޯދައިދިނުމުގެ އެވޯޑް، ޚިދުމަތުގެ ރިހި އެވޯޑް، ޚިދުމަތުގެ ރަން އެވޯޑް، ޚިދުމަތުގެ އަލިމަސް އެވޯޑް އަދި ލައިފްޓައިމް އެޗީވްމެންޓް އެވޯޑެވެ.

ވީމާ، މި އެވޯޑްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން 2025 ޑިސެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެވޯޑަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެވޯޑަށް އެދި ހުށަހަޅާނީ މަގޭ ދަރަވަންދޫ އެވޯޑަށް އެދި ހުށަހަޅާ ފޯމުން ނުވަތަ https://forms.gle/8yMypAJuEGyKgtqu9 މި ލިންކުގައިވާ ފޯމުންނެވެ. މި އެވޯޑުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެންހުންނާނެއެވެ.

03 ޑިސެންބަރު 2025