ޢާންމު މަޢުލޫމާތު
ނަންބަރު: GS-178/IUL/2025/21
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި:
10 ޑިސެންބަރު 2025 13:00
އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮމަދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށ
|
އޮމަދޫ ސްކޫލް |
|
|
|
ތ.އޮމަދޫ، |
އިޢުލާން ނަންބަރު: |
GS-178/IUL/2025/21 |
|
ދިވެހިރާއްޖެ. |
ޕްރޮކިޔުމެންޓް ނަންބަރު: GS-178/PROC/2025/01 |
|
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އޮމަދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:
- މިސްކޫލުގެ 2026 ވަނަ އަހަރުގެ ސެކިއުރިޓީ 01 ޖެނުއަރީ 2026 އިން 31 ޑިސެމްބަރ 2026 ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 ޑިސެމްބަރު 2025 އިން 10 ޑިސެމްބަރު 2025 އަށް ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/ZQHMAJ5xG2dumYux5
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި އިޢުލާންގެ ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 15ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 11:00 ގައިއޮމަދޫ ސްކޫލުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އޮމަދޫ ސްކޫލް
ތ.އޮމަދޫ، ދިވެހިރާއްޖެ
ފޯން: 6780572
އީ-މެއިލް: [email protected]
12 ޖުމާދަލްއާޚިރާ 1447
03 ޑިސެންބަރު 2025