ދިވެހިރާއްޖެ
|
ތަޢާރަފާއި ނަން |
1 |
(ހ) |
މ މިއީ ދަރަވަންދޫއަށް ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށާ، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކަށާ، ދުނިޔޭގެ ފެންވަރުގައި، ޤައުމީ ފެންވަރުގައި، އަދި އަތޮޅު ފެންވަރުގައި، ރަށަށް ރީތިނަމާ ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑް ދިނުމުގެ ގޮތުން މަގޭ ދަރަވަންދޫ އެވޯޑް މިނަމުގައި އެވޯރޑް ދިނުމަށް ކަނޑައަޅާ އުސޫލެވެ. |
|
|
|
(ށ) |
މި އުސޫލަށް ކިޔާނީ " މަގޭ ދަރަވަންދޫ އެވޯޑް ދިނުމުގެ އުސޫލު" އެވެ. |
|
މަގުސަދު |
2 |
(ހ) |
ދަރަވަންދޫއަށް ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާފަރާތްތަކުގެ އަގު ވަޒަން ކުރުން. |
|
|
|
(ށ) |
ދުނިޔޭގެ ފެންވަރުގަ، ޤައުމީ ފެންވަރުގައި، އަދި އަތޮޅު ފެންވަރުގައި، ރަށަށް ރީތިނަމާ ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުން. |
|
އެވޯރޑް ދިނުމަށް ކަނޑައަޅާ ދާއިރާތައް |
3 |
(ހ) |
ތަޢުލިމީ އެވޯޑް |
|
|
(ށ) |
މަތީ ދަރަޖަ އެވޯޑް |
|
|
|
(ނ) |
ރަށަށް ރީތި ނަން ހޯދައިދިނުމުގެ އެވޯޑް |
|
|
|
|
(ރ) |
ޚިދުމަތުގެ ރިހި އެވޯޑް (15 އަހަރު) |
|
|
|
(ބ) |
ޚިދުމަތުގެ ރަން އެވޯޑް (25 އަހަރު) |
|
|
|
(ޅ) |
ޚިދުމަތުގެ އަލިމަސް އެވޯޑް (35 އަހަރު) |
|
|
|
(ކ) |
ލައިފްޓައިމް އެޗީވްމެންޓް އެވޯޑް |
|
އެވޯޑް ތަކުގެ މިންގަނޑު |
4 |
4.1 |
ތަޢުލިމީ އެވޯޑް މި އެވޯޑް ދެވޭނީ ތަޢުލީމީ ދާއިރާއިން އޯލެވެލް އަދި އޭލެވެލް އިމްތިހާނުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑައަޅާ ފާހަގަ ކުރާ ނޭޝަނަލް ޓޮޕް 10ގެ ވަނައެއް ހާސިލް ކޮށްފައިވާ ދަރަވަންދޫގެ ރެޖިސްޓްރީގައިވާ ފަރާތްތަކަށެވެ. |
|
|
|
4.2 |
މަތީ ދަރަޖަ އެވޯޑް މި އެވޯޑް ދެވޭނީ ތަޢުލީމީ ރޮނގުން ރާއްޖޭގެ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 9 (މާސްޓާސް ޑިގްރީ) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ނުވަތަ މެޑިކަލް ޑޮކްޓަރުކަމުގެ ސަނަދެއް ހާސިލްކޮށްފައިވާ ދަރަވަންދޫގެ ރެޖިސްޓްރީގައިވާ ފަރާތްތަކަށެވެ. |
|
|
|
4.3
|
ރަށަށް ރީތިނަން ހޯދައިދިނުމުގެ އެވޯޑް މި އެވޯޑް ދެވޭނީ އަތޮޅު ފެންވަރުގަ އާއި ގައުމީ ފެންވަރުގަ ނުވަތަ ދުނިޔޭގެ ފެންވަރުގައި ބޭއްވި އިމްތިހާނަކުން ނުވަތަ މުބާރާތަކުން ނުވަތަ އެފަދަ އެހެން ކަމަކުންވިޔަސް 1 ވަނަ، 2 ވަނަ ނުވަތަ 3 ވަނަ ހާޞިލްކޮށްފައިވާ ދަރަވަންދޫގެ ރެޖިސްޓްރީގައިވާ ފަރާތްތަކަށެވެ. |
|
|
|
4.4 |
ޚިދުމަތުގެ ރިހި އެވޯޑް ޚިދުމަތުގެ ރިހި އެވޯޑް ދެވޭނީ ދަރަވަންދޫގެ މުއައްސަސާތަކުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ދަރަވަންދޫގެ ފަރާތްތަކަށެވެ. |
|
|
|
4.5 |
ޚިދުމަތުގެ ރަން އެވޯޑް ޚިދުމަތުގެ ރަން އެވޯޑް ދެވޭނީ ދަރަވަންދޫގެ މުއައްސަސާތަކުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ދަރަވަންދޫގެ ފަރާތްތަކަށެވެ. |
|
|
|
4.6 |
ޚިދުމަތުގެ އަލިމަސް އެވޯޑް ޚިދުމަތުގެ އަލިމަސް އެވޯޑް ދެވޭނީ ދަރަވަންދޫގެ މުއައްސަސާތަކުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ދަރަވަންދޫގެ ފަރާތްތަކަށެވެ. |
|
|
|
4.7 |
ލައިފް ޓައިމް އެޗީވްމަންޓް އެވޯރޑް ލައިފް ޓައިމް އެޗީވްމަންޓް އެވޯރޑް ދެވޭނީ ރަށަށް އެންމެ ފާހަގަ ކުރެވޭ އެކަށީގެންވާ ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަރާތްތަކަށް ބެލުމަށްފަހު، ދަރަވަންދޫ ކައުންސިލުން އެވޯޑް ދިނުމަށް ނިންމާ ފަރާތަކަށެވެ. |
|
އެވޯޑަށް އެދޭ ފަރާތްތައް ހޯދުމާ އިޢުލާން ކުރުން |
5 |
(ހ) |
ކަނޑައެޅިފައިވާ އެވޯޑުތަކަށް ނަން ހުށަހެޅުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް ޢާއްމުކޮށް އިޢުލާން ކުރަންވާނެއެވެ. |
|
|
|
(ށ) |
ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ފިޔަވާ ދެންހުރި އެވޯޑުތަކަށް އެދި ހުށަހަޅަންވާނެއެވެ. އެވޯޑަށް އެދި ހުށަހަޅާނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންވެ. |
|
|
|
(ނ) |
އެވޯޑަށް އެދި ހުށަހަޅާއިރު ހުރިހާ ލިޔުންތައް ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ. |
|
|
|
(ރ) |
ކަނޑައެޅިފައިވާ މިންގަނޑުގެ ދަށުން ހުޅުވާލެވޭ ފުރުސަތުގައި ޝަރުތުހަމަވާ ފަރާތްތަކުން އެވޯޑަށްއެދި ހުށަނާޅާފިނަމަ، އެފަރާތްތަކަށް ގެއްލޭ ޙައްޤުގެ ޒިންމާ ނަގަންޖެހޭނީ އެފަރާތަކުން ނެވެ. |
|
އެވޯޑް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން |
6 |
|
އެވޯޑް ދިނުމުގެ ކަންކަން ވިލަރެސްކޮށް ހިންގުމަށް އިންތިޒާމު ކޮމިޓިއަކާ، އިދާރީ ކޮމިޓީއެއް އެކުލަވާލަން ވާނެއެވެ. މިކޮމިޓީތައް އެކުލަވާލެވޭނީ އަންނަނިވި ގޮތްތަކުގެ މަތިންނެވެ. |
|
|
|
6.1 |
އިންތިޒާމު ކޮމިޓީ އިންތިޒާމު ކޮމިޓީ އެކުލެވިގެންވަނީ ކައުންސިލްގެ 5 މެމްބަރުންނާ ، ކައުންސިލުން ކަނޑައަޅާ އިދާރީ 4 މުވައްޒަފުންގެ މައްޗަށެވެ. |
|
|
|
6.2 |
އިދާރީ ކޮމިޓީ އިދާރީ ކޮމިޓީގައި ހިމެނޭނީ ކައުންސިލުން ކަނޑައަޅާ އިދާރީ 5 މުވައްޒަފުންގެ މައްޗަށެވެ. |
|
މި އުޞޫލުގައި ނުހިމެނޭކަމެއް ދިމާވުން |
7 |
|
މި އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލްގެ މަޝްވަރާގެ މަތިން ކައުންސިލްގެ ރައީސެވެ. |
ޖަދުވަލު 1
`
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ބ. ދަރަވަންދޫ، ދިވެހިރާއްޖެ
މަގޭ ދަރަވަންދޫ އެވޯޑަށް އެދޭ ފޯމު
@އެވޯޑަށް އެދޭ ފަރާތް
|
އެދޭ ފަރާތުގެ ނަން |
|
އައިޑީކާޑު ނަންބަރު |
|
|
އެޑްރެސް |
|
ފޯނު ނަންބަރު |
|
@އެވޯޑަށް އެދޭ ކެޓެގަރީ
|
|
ތަޢުލީމީ އެވޯޑް |
|
ޚިދުމަތުގެ ރިހި އެވޯޑް (15 އަހަރު) |
|
|
މަތީ ދަރަޖަ އެވޯޑް |
|
ޚިދުމަތުގެ ރަން އެވޯޑް (25 އަހަރު) |
|
|
ރަށަށް ރީތި ނަން ހޯދައިދިނުމުގެ އެވޯޑް |
|
ޚިދުމަތުގެ އަލިމަސް އެވޯޑް (35 އަހަރު) |
@ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
އައި.ޑީ ކާޑު ކޮޕީ |
|
|
ތަޢުލީމީ އެވޯޑު ނަމަ ޓޮޕް ޓެން އަށް ހޮވުނުކަމުގެ ލިޔުން |
|
|
މަތީ ދަރަޖަ އެވޯޑުނަމަ ސަނަދު ހާސިލްކުރިކަމުގެ ލިޔުން |
|
|
ރަށަށް ރީތިނަން ހޯދައިދިނުމުގެ އެވޯޑުނަމަ 1 ވަނަ، 2ވަނަ ނުވަތަ 3ވަނަ ހާސިލްކުރިކަމުގެ ލިޔުން |
|
|
ޚިދުމަތުގެ އެވޯޑް ނަމަ ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުންތައް |
|
@އޮފީހުގެ ބޭނުމަށް
|
ފޯމު ބަލައިގަތް ފަރާތުގެ ނަން |
ސޮއި |
ތާރީޚް |
ގަޑި |
|
|
|
|
|
|
ފޯމް ޗެކްކުރި: |
|||
|
|
|
||
|
އެވޯޑް އެޕްރޫވްކުރި: |
|||
|
|
|
||