ދިވެހިރާއްޖެ
މި ރަށުގެ ގޭގޭގައި އުފެދޭ ކުނިވާޒާތުގެ ކުނި ބޭރުކުރުމަށް އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު: 340/340/2025/62 (IUL) އިޢުލާނާގުޅިގެން ހުށަހެޅި ފަރާތުގެ ޝަރުޠުހަމަނުވާތީ އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަރު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected] އަށް އީމެއިލަށް ރަޖިސްޓަރީވާން އެދި ހުށަހަޅާ ފަރާތް (ކުންފުނި/ޕާޓްނަރޝިޕް/ފަރުދުންގެ ވިޔަފާރި)ގެ ނަން، ވެރިފަރާތުގެ ފުރިހަމަ ނަމާއި އަދި ރަސްމީ ފޯނުނަންބަރު މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.
މި އިޢުލާނާއެކު މި މަސައްކަތްތަކުގެ މަޢުލޫމާތާއި އުޞޫލްތައް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ހިމެނޭ ބިޑްޑޮކިއުމަންޓް އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.
މި މަސައްކަތާގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މަތީގައިއެވާ މެއިލަށް 2025 ޑިސެންބަރު 9 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާ ފަރާތްތަކަށް 2025 ޑިސެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2025 ޑިސެންބަރު 14 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.