ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީ ފޮޓޯގްރަފީ މުބާރާތް 2015
އިޢުލާން ނަންބަރު (IUL)438-ETDS/438/2015/202 (13 އޮގަސްޓު 2015) އަށް ޙަވާލާދީ ދަންވަމެވެ. މި މިނިސްޓްރީއާއި އ.ދ. ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢު ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ފޮޓޯގްރަފީ މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ މުއްދަތު 30 ސެޕްޓެންބަރު 2015 ވަނަ ދުވަހު ހަމަވެފައިވާތީ، ގިނަ ފަރާތްތަކަކަށް ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން 13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ފޮޓޯ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ޙަވާލާދެވިފައިވާ އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ފޮޓޯތައް އަލުން ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތަކީ ހަކަތަ އިސްރާފުކުރުން މަދުކުރުމާއި ތިމާވެށްޓާ ރައްޓެހިގޮތުހައި ހަކަތަ ބޭނުންކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން ޢާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤުޞަދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ މި އަހަރުގެ ހަކަތައިގެ ދުވަހު އިފްތިތާޙު ކުރެވުނު ޝިޢާރުކަމުގައިވާ "ލެޑް ސޭވްސް" އެވެ. މި ތީމުގެ ދަށުން ފޮޓޯތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 6 ކެޓަގަރީއަކަށް ބިނާކޮށެވެ. މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ވާންވާނީ ދިވެހިރާއްޖޭގައި ނަގާފައިވާ ފޮޓޯތަކަކަށެވެ.
ފޮޓޯތައް ހުށަހެޅޭނެ ކެޓަގަރީތައް
- ކުރީގައި ބޭނުންކުރި ދިއްލުންތައް
- ޒީނަތްތެރިކުރުމަށް ދިއްލާ ދިއްލުންތައް
- އިމާރާތުގައި ގުދުރަތީ އަލި ބޭނުންކުރުން
- އިމާރާތްތަކުގެ ދިއްލުންތައް
- އިޖުތިމާޢީ ސަރަޙައްދުގެ ދިއްލުންތައް
- ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް އައި ތަރައްޤީ
ފޮޓޯގައި ހުންނަންޖެހޭ މިންގަނޑުތައް:
- ފޮޓޯ ހުށަހަޅާ ފަރާތަކީ ފޮޓޯގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
- މުބާރާތަށް ހުށަހެޅޭ ފޮޓޯއަކީ މީގެކުރިން އެއްވެސް މުބާރާތެއްގައި ބައިވެރިކުރެވިފައިވާ ނުވަތަ ޕަބްލިޝް ކުރެވިފައިވާ ނުވަތަ ވިޔަފާރީގެ ގޮތުން ވިއްކާފައިވާ ފޮޓޯއަކަށް ވެގެން ނުވާނެއެވެ.
- ހުށަހަޅާ ފޮޓޯތަކުގެ ރިޒޮލިއުޝަން 70 ޑީޕީއައި އަށްވުރެ ދަށްނޫން ރިޒޮލިއުޝަނެއްކަމުގައި ވާންވާނެއެވެ.
މުބާރާތަށް ހުށަހަޅާ ފޮޓޯއާއެކު ތިރީގައިވާ މަޢުލޫމާތު ފުރިހަމަވާން ވާނެއެވެ.
- ފޮޓޯނެގި ފަރާތުގެ ނަމާއި އެޑްރެސް
- ޕޮޓޯ ނަގާފައިވާ ތަނާއި ތާރީޚު
- ފޮޓޯވަނީ އެޑިޓްކޮށް އެއްވެސް ބަދަލެއް ގެނެވިފައިކަން ނުވަތަ ނޫންކަން (މި ގޮތުން މި މުބާރާތަށް ހުއްދަކުރެވޭ ބަދަލުތަކަކީ ބަރންކުރުން، ޑޮޖްކުރުން ކަލަރ ކަރެކްޝަން އަދި ހޭންޑް ޓިންޓިންގ އެކަންޏެވެ.)
- ފޮޓޯ ނަގާފައިވާ ކެމެރާއާއި މޮޑެލް ނަންބަރު
އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތައް:
- އުފެއްދުން ތެރިކަން
- ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ)
- ފަންނުވެރިކަން
- މަތީގައި ދީފައިވާ ކެޓަގަރީތަކާ ގުޅުންހުރި މިންވަރު
މުބާރާތުގައި ބައިވެރިކުރެވޭ ފޮޓޯތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ކަނޑައެޅިފައިވާ ވާހަކަ ދަންނަވަމެވެ. ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ހުށަހެޅޭ ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި އިނާމު ދިނުމުގައި ވަނަ ލިބޭ ފަރާތްތަކަށް އެއް ވަނައަށްވުރެ ގިނައިން ވަނަ ނުދޭގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މިމުބާރަތުގައި ބައިވެރިކުރާ ފޮޓޯތައް ފޮޓޯގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި މި މިނިސްޓީގެ ބޭނުންތަކަށް ބޭނުންކުރުމުގެ އިޚުތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި ގޮތަށް ބޭނުންކުރެވޭ ފޮޓޯތަކުގައި އެ ފޮޓޯގެ ވެރިފަރާތަށް ފުރިހަމަ ކްރެޑިޓް ދެވޭނެއެވެ.
މި މުބާރާތަށް ފޮޓޯ ހުށަހެޅުމަށް "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2015 އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަނަށް ފޮޓޯގެ ސޮފްޓްކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އަދި ފޭސްބުކް ޕޭޖް " LED Saves " އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ބަލައިގަނެވޭނެ އެންމެފަހު ތާރީޚު: 13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ
މާފަންނު،
މާލެ، ދިވެހިރާއްޖެ