މަސައްކަތް
ނަންބަރު: (IUL)101-AF/1/2015/158
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 19 ނޮވެންބަރު 2015 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބަހުގެ ޚިދުމަތް ދިނުމަށް، މާލީ އަދި ފަންނީ ޤާބިލުކަންހުރި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް

ޝައުޤުވެރިކަން (އީ.އޯ.އައި) ހުށަހެޅުއްވުމަށް ދެވޭ ދަޢުވަތު

1. ދިވެހި ދައުލަތް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން، މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގެ އާންމުންނަށާއި ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމަށް، މާލީ އަދި ފަންނީ ޤާބިލުކަންހުރި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް މި ދަޢުވަތު ހުޅުވާލަމެވެ.

2. ޝައުޤުވެރިކަން ހުށަހަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތު ހިމެނުއްވުން އެދެމެވެ.

   ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހަޅުއްވާ ސިޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

   ހ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތް ތަމްސީލުކުރާ ފަރާތެއްގެ ނަން، މަޤާމު، އެޑްރެސް އަދި ފޯން ނަންބަރު

   ށ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު. މިގޮތުން ހުށަހަޅާ ފަރާތުގެ ޕްރޮފައިލާއި ތަޖުރިބާ

   ނ. ފާއިތުވެދިޔަ 3 (ތިނެއް) އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް

   ރ. ޚިދުމަތް ދިނުމަށް ހުށަހަޅާގޮތުގެ ކޮންސެޕްޓް

3. މަޢުލޫމާތު ސާފުކުރުން

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2015، ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްްގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ދަޢުވަތު އަރުވަމެވެ.

4. ޝައުޤުވެރިކަން (އީ.އޯ.އައި) ހުށަހެޅުއްވުމުގެ ސުންގަޑި.

މިކަމަށް އެދި ޝައުޤުވެރިވާކަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ލިޔުމަށްފަހު، 6 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ.

“EOI FOR THE PROVISION OF PUBLIC AND SCHOOL BUS SERVICES TO MALE’, HULHUMALE’ AND OTHER DESIGNATED POPULATION CENTRES OF MALDIVES”

Ministry of Economic Development

Velaanaage, 11th Floor,

Male’ Republic of Maldives

Tel: +960 3323668 Fax: +960 3323840

Email: [email protected]

5. އީ.އޯ.އައި ނުވަތަ އީ.އޯ.އައި ތައް ބަލައިގަތުމާއި ބަލައިނުގަތުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. އީ.އޯ.އައި ހުށަހެޅުމަށް ދެވިފައިވާ ސުންގަޑީގެފަހުން ހުށަހަޅާ އީ.އޯ.އައި ބަލައެއް ނުގަނެވޭނެއެވެ. ޕޯސްޓް ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށް ހުށަހަޅުއްވާ އީ.އޯ.އައި ލިބުމުގައި ދިމާވާ ލަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.

05 ނޮވެންބަރު 2015