ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285-A.HR/285/2025/93
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 11 ޑިސެންބަރު 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނަލަނަލަ ހެނބަދޫ މަސްރޭސް 2025" ބޭއްވުމާއި ގުޅޭ

އިޢުލާން

"ނަލަނަލަ ހެނބަދޫ މަސްރޭސް 2025" ބޭއްވުމާއި ގުޅޭ

     10 ޑިސެންބަރ 2025 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހަކަށް ވާތީ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުން އެ ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމާއި، މި ސިނާޢަތަށް މިރަށުގެ އިތުރު ޒުވާނުން ހޭލުންތެރިކުރުވައި ރަށުގެ މުޖުތަމަޢުގައި އެކަކު އަނެކަކަށް އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި މަސްވެރިންގެ ދުވަހާއި ގުޅިގެން "ނަލަނަލަ ހެނބަދޫ މަސްރޭސް 2025"ގެ ނަމުގައި މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޑިސެންބަރ 2025 ވާ ހޮނިހިރު ދުވަހުއެވެ.

         ވީމާ، މި މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 11 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާއިރު ޓީމު ލިސްޓާއި، ޓީމުގެ ނަމާއި އަދި މަހަށް ފުރާ އުޅަނދުގެ ނަން ނޯޓުކުރަންވާނެއެވެ. މަސްރޭހުގައި ނަންނޯޓް ކުރުމަށް މިކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ އަލްފާޟިލާ މަރްޔަމް ރީޝާ ރަޝީދު (ފޯން: 9175835) އަށް ގުޅުއްވުން އެދެމެވެ. މަސްރޭހުގެ ގަވާއިދު މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި މަސްރޭހާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިކައުންސިލް އިދާރާގެ ކައުންސިލް އެގޒެކެޓިވް އަލްފާޟިލް އަޙްމަދު ރަޝީދު (ފޯން: 7531753) އަށް ގުޅުއްވުން އެދެމެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                  12 ޖުމާދަލްއާޚިރާ 1447

02 ޑިސެންބަރު 2025