ދިވެހިރާއްޖެ
ޖަސްޓިސް ބިލްޑިންގގެ 03 ވަނަ ފަންގިފިލާގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު E/2015/90-ފ198 (27 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން ޞައްޙަ 3 އަންދާސީހިސާބު ލިބިފައިނުވާތީ، އެ މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަސައްކަތުގެ މަޢުލޫމާތުޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހަޅަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 19 ނޮވެންބަރު 2015
އަންދާސީހިސާބު ހުށަހަޅާ ގަޑި: 13:00
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
28 މުޙައްރަމް 1437