ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285-A.HR/285/2025/94
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 13 ޑިސެންބަރު 2025 18:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު ދެކުނު ސަރަހައްދުގައި ހުރި ގަސްތަކުން ރޯ ދަރު ދޫކުރުމާއި ގުޅޭ

އިޢުލާން

ފުޓްސަލް ދަނޑު ދެކުނު ސަރަހައްދުގައި ހުރި ގަސްތަކުން ރޯ ދަރު ދޫކުރުމާއި ގުޅޭ

         މިކައުންސިލްގެ ފަރާތުން 19 ޑިސެމްބަރ 2025 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތަށް ދަނޑު ތައްޔާރުކުރުމުގެ ގޮތުން ފުޓްސަލް ދަނޑުގެ ދެކުނު ފަރާތު ފެންސް ކައިރީގައި ހުރި ގަސްތަކުން ރޯ ދަރު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

         ވީމާ މި ގަސްތައް އެއްކޮށް ކޮށާ، ރޯ ދަރު ބޭނުންވާ ފަރާތްތަކުން 3 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 9:00 އިން ފެށިގެން 13 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ނިޔަލަށް ރޯ ދަރު ހޮވުމުގެ ހުއްދަ ދެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ގަސްތައް ކޮށުމަށްފަހު އެޅޭ ކުނި މި ސަރަހައްދުގައިވާ ކުނި ކޮށްޓަށް އެޅުމަށް ދަންނަވަމެވެ.

          ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.  

13 ޖުމާދަލްއާޚިރާ 1447                     

02 ޑިސެންބަރު 2025