މަސައްކަތް
ނަންބަރު: GS78/IULAAN/2015/20
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 16 ނޮވެންބަރު 2015 13:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
އައުޓްޑޯ އެކުޓިވިޓީ ހިންގާ ސަރަޙައްދުގައި ބަހައްޓާ ތަކެތި ތައްޔާރުކުރުމަށް ފަރާތެއް ހޯދުމާބެހޭ

ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް އައުޓްޑޯ އެކުޓިވިޓީ ހިންގާ ސަރަޙައްދުގައި ބަހައްޓާ ތަކެތި ތައްޔާރުކުރުމަށް ފަރާތެއް ހޯދުމާބެހޭ

މިމަދަރުސާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް އައުޓްޑޯ އެކުޓިވިޓީ ހިންގާ ސަރަޙައްދުގައި ބަހައްޓާ ތަކެތި ތައްޔާރުކުރުމަށް ބޭނުންވެއެވެ.

މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑްހުށަހެޅުމުގެ ބައްދަލުވުމުގައި އެހެންފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00

25 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނަށެވެ.

23 މުޙައްރަމް 1437

05 ނޮވެންބަރު 2015