ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)314/INDIV/2015/87
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 17 ނޮވެންބަރު 2015 11:30
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ތަކެތި ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އިދާރާއިން ދޭ ސްޕެސިފިކޭޝަނާ، މަޢުލޫމާތާ އެއްގޮތަށް ކަމަދޫ ވޮލީ ކޯޓްގައި ލައިޓް ޖެހުމަށްޓަކައި ތިރީގައި ބަޔާންކުރާ ތަކެތި ހޯދައި މި އިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

#

ތަފުސީލު

އަދަދު

މޮޑެލް ނަންބަރު

1

ފްލަޑް ލައިޓް 1000 ވޯޓްގެ

04

Met Hai Hqi E40 1000W DI  Complete black

2

ފްލެޓް ކޭބަލް (ޓޫކޯ) 44 ނަންބަރުގެ

125 ފޫޓް

-

 

ވީމާ، މި ތަކެތި މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ހޯއްދަވައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11.30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11.30 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. ހުށަހަޅާ އަންދާސީހިސާބާއެކު އެފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ ހުށަހަޅަންވާނެވެ. ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ކުންފުންޏަކުން އަންދާސީހިސާބު ހުށަހަޅުއްވުމަށް ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުން ހާޒިރުވެވެން ނެތްނަމަ ބަދަލުގައި ފޮނުވާ މީހާގެ އައިޑީކާޑާއި ވެރިފަރާތް އިއުތިރާޒެއްނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.          

27 މުޙައްރަމް 1437

09 ނޮވެންބަރު 2015