ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2025/615
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 04 ޑިސެންބަރު 2025 22:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ބޮނޑޮގޭ އާޓް ގެލެރީ ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތައް

އިޢުލާން

ބޮނޑޮގޭ އާޓް ގެލެރީ ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތައް

         އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދަ، ޚާއްސަކޮށް އައްޑޫގެ މުއްސަނދި ތަރިކަ ދައްކުވައިދިނުމާއި، ޒުވާން ފަންނާނުންނަށް އެމީހުންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދީ، އާޓުގެ ޒަރީޢާއިން މުޖުތަމަޢުގައި އެއްބައިވަންތަކަން ބިނާކުރުމަށް ބޭއްވި އާޓް އެގްޒިބިޝަންގައި، "އައްޑޫ ސިޓީގެ ސަގާފަތް، ތާރީޚް އަދި އާދަކާދަ" މި ތީމުގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ހުށަހެޅި ކުރެހުންތައް ވަނީ ބޮނޑޮގޭގައި އެގްޒިބިޓްކުރެވިފައެވެ.

          މި އެގްޒިބިޝަންގައި ޖުމްލަ 8 ސްކޫލަކުން ބައިވެރިވެފައިވާއިރު، މި ކުރެހުންތައް 2025 ނޮވެންބަރު 29 ވީ ބުރާސްފަތި ދުވަހު ބޮނޑޮގޭ ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ވަނީ އާއްމުންނަށް ދައްކާލަން ފަށާފައެވެ. ބޮނޑޮގޭ އާޓް ގެލެރީގައި މި ކުރެހުންތަކުގެ އިތުރުން، ދެވަނަ ބޮޑު ހަނގުރާމަ ތެރޭގައި އިނގިރޭސީން ނަގާފައިވާ އައްޑޫގެ ތަފާތު ފޮޓޯތައްވެސް ބެހެއްޓިފައި ހުންނާނެއެވެ.

          އާއްމުންނަށް ބޮނޑޮގޭ އާޓް ގެލެރީ ބައްލަވައިލެއްވުމުގެ ފުރުސަތު 2025 ޑިސެމްބަރު 1 ވާ ހޯމަ ދުވަހުން ފެށިގެން ޑިސެމްބަރު 4 ވާ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުވާލެވިފައިވާ ކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

11 ޖުމާދުލްއާޚިރާ 1447

01 ޑިސެންބަރު 2025

01 ޑިސެންބަރު 2025