ދިވެހިރާއްޖެ
އދ.މަންދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސިއްހީމަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރައްޔިތުންގެ ރުއްގަސް ފިޔަވައި އަމިއްލަފަރާތެއްގެ ރުއްގަސް ހުރިތޯބަލައި ހުރިނަމަ ބަދަލުދީ އެފަދަ ރުއްގަސް ނެގުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްކުރި އިޢުލާން ނަންބަރު: (IUL)351/351/2025/72 (20 ނޮވެމްބަރ 2025) މިއިޢުލާނުގެ މުއްދަތު އިތުރު ކުރުމަށް ދެވަނަ އިޢުލާނެއް ކުރަމެވެ. އދ.މަންދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސިއްހީމަރުކަޒު އެޅުމަށް ރައްޔިތުންނާއި މަޝްވަރާކޮށް ނިންމާފައިވާ ޒިޔާރަތްމަގުގެ ދެކުނުން، ޒަމާނީވިލާގޭގެ ހުޅަގުން އަދި ފެންކެނޑިމަގުގެ އުތުރުން އެވާ ސަރަހައްދުގެ ރުއްގަސް މިހާރުވަނީ ފެހިކުލައިން ނަންބަރުޖަހާ ފާހަގަކުރެވިފައެވެ. މިދެންނެވި ސިއްހީމަރުކަޒު އެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީގެ ފަރާތުން ފެށުމަށް ތައްޔާރުވެފައިވާތީ އެސަރަހައްދުގެ ބިން ސާފުކޮށް މަސައްކަތް ފެށުމަށްޓަކައި އެސަރަހައްދުގައި ރައްޔިތުންގެ ރުއްގަސް ފިޔަވައި އަމިއްލަފަރާތެއްގެ ރުއްގަސް ހުރިތޯބަލައި ހުރިނަމަ ބަދަލުދީ އެފަދަ ރުއްގަސް ނެގުމުގެ އިންތިޒާމު ހަމަޖައްސަން ބޭނުންވެއެވެ.
އެހެންކަމުން މިދެންނެވި ސަރަހައްދުގައި ފެހިކުލައިން ނަންބަރު ޖަހާ ފާހަގަކޮށްފައިވާ ރުއްގަހުގެ ތެރޭގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ހުރިނަމަ އެކަން ބަޔާންކޮށް 08 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން ހުށައެޅުމަށް ދަންނަވަމެވެ. އަދި ސިޓީ ހުށައަޅުއްވާއިރު ރުއްގަހުގެ މިލްކުވެރިކަން ސާބިތުކޮށްދިނުމަށްޓަކައި، ބޭނުންވާ ރަސްމީ ލިޔުމެއް އޮތްނަމަ އެލިޔުމުގެ ކޮޕީއަކާއި، ހެކީގެ ގޮތުގައި ހުށައަޅާ ފަރާތެއްވާނަމަ އެފަރާތެއްގެ ވަނަވަރު (ފުރިހަމަ މަޢުލޫމާތު ފޯނުނަންބަރާއިއެކު) ސިޓީގައި ބަޔާންކޮށް، އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށައެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.