ދިވެހިރާއްޖެ
މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރި އިއުލާން ނަންބަރު (IUL)304-CA/304/2025/177) : އެއްވެސް ފަރާތަކުން ކުރިމަތިލައިފައި ނުވާތީ އަލުން އެފުރުސަތު ހުޅުވާލީމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 01 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުން ފެށިގެން 03 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން އެދޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާގެ ރިސެޕްޝަނަށް ހުށައަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.
|
|
ތާރީޚް |
ދުވަސް |
ގަޑި |
|
ޕްރީ ބިޑް މީޓިންގ |
03 ޑިސެމްބަރ 2025 |
ބުދަ |
10:00 |
|
އަންދާސީ ހިސާބު ހުށައެޅުން |
09 ޑިސެމްބަރ 2025 |
އަންގާރަ |
10:00 |
ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.