ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)303/303
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 24 ނޮވެންބަރު 2015 10:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ހޯދުން

އިޢުލާން

ޕިކަޕެއް ހޯދުން

މި ކައުންސިލަށް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ. ތިރީގައި މިދަންނަވަނީ އިތުރު މައުލޫމާތެވެ.

ބޭނުންވާ އަދަދު : 1

ބޭނުންވާ ޓަނޭޖު: 2 ނުވަތަ 3 ޓަނުގެ ޕަވަރގޭޓް 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތްތަކުގެ މަޢުލޫމާތު މި ކައުންސިލްގެ މެއިލް [email protected] އަށް 24 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މެއިލް ކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގެ 9.00 ން 2.00 އަށް މި ކައުންސިލްގެ މެންބަރު ޢަލީ އައިމަން (ފޯނު ނަންބަރު 9114499) އަށެވެ. ޕިކަޕް ވިއްކުމަށް އެދޭފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ.

ޕިކަޕް ވިއްކުމަށް އެދި ހުށަހަޅާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތައް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ކައުންސިލަށް ޕިކަޕް ވިއްކުމަށް" މިހެން ލިޔެފައި އޮންނާންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.   

މަޢުލޫމާތު ސާފުނުކުރައްވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

30 މުޙައްރަމް 1437   

12 ނޮވެންބަރު 2015