މަސައްކަތް
ނަންބަރު: (IUL)306/306/2015/113
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 15 ނޮވެންބަރު 2015 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާބެހޭ

ރަސްމާދޫގެ އިޖުތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާބެހޭ

އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމަށް މިހާރު ހަވާލުވެފައިވާ ފަރާތުގެ މުއްދަތު މިއަހަރު ޑިސެންބަރުމަހުގެ ނިޔަލަށް ހަމަވާތީ މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580049 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

09 ނޮވެންބަރު 2015